ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 16:35
ކަނޑިންމަ ރިސޯޓް
ކަނޑިންމަ ރިސޯޓް
ބުކިންގ.ކޮމް
ކަނޑިންމަ ރިސޯޓުގެ ހުއްދަ ހިފެހެއްޓުން
ކަނޑިންމަ ރިސޯޓުގެ މުވައްޒަފުގެ މަރާއި ގުޅިގެން އެ ރިސޯޓުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
 
އޭނާ ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބަލިވެ އުޅޭތާ 10 ދުވަސް ފަހުން
 
ޓޫރިޒަމް މިނިސްޓަރީއިން އަދި މިކަން ޔަގީންކޮށް ދެއްވާފައެއް ނުވޭ
 
ޓޫރިޒަމް މިނިސްޓްރީން ހިފެހެއްޓީ ކޮވިޑުގެ ހާލަތުގައި ރިސޯޓުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ މީހަކު މަރުވުމާއި ގުޅިގެން އެ ރިސޯޓުގެ ހުއްދަ ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީއިން ހިފަހައްޓައިފިއެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ 60 އަހަރުގެ ދިވެހި މީހާ މަރުވެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެރޭ ދ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށެވެ. އޭނާ ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބަލިވެ އުޅޭތާ 10 ދުވަސް ފަހުންނެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފު ނިޔާވާން މެދުވެރިވީ އެ ރިސޯޓްގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ. އެގޮތުން އާދަމް ނަސީރު ތަކުރާރުކޮށް ޑޮކްޓަރަށް ދައްކަން ދިޔުމަށް އެދުމުން ވެސް އެ ފުރުސަތު ދީފައިނުވާކަމަށް އާއިލާއިން ބުނެއެވެ.

މިކަމާއި ގުޅިގެން އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ކަނޑިންމަ ރިސޯޓުގެ ކޭސްގައި އެ ރިސޯޓުން ނިޔާވި މީހާގެ މައްސަލައިގައި އޭނާގެ ހިސްޓްރީ ދިނުމުގައި އެކި ފަހަރު އެކިގޮތަށް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

ނަސީރު ނިޔާވި މައްސަލައިގައި ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށައަޅާފައެވެ. ނަމަވެސް، 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށައެޅުމުގެ މަސައްކަތް ކުރިއަށްދާތީ، އެ މައްސަލަ ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

ކަނޑިންމަ ރިސޯޓުން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު 60 އަށް އަރާފައިވާއިރު، މާލެ ނޫން އެހެން ރަށަކުން އެންމެ ގިނަ ކޭސް ފެނިފައި ވަނީ އެ ރަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް