ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 13:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ވަކި ދާއިރާއެއް ޚާއްސަކޮށްގެން މެމްބަރުން ވާހަކަދެއްކުމަކީ ޤާނޫނު އަސާސީގައި މަނާކަމެއް: ރައީސް ނަޝީދު
 
މެމްބަރުން ވަކާލާތު ކުރައްވަންވާނީ މުޅި ރާއްޖެއަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި

ވަކި ދާއިރާއެއްގެ ވާހަކަ މެމްބަރުން ޚާއްސަކޮށްގެން ދެއްކުމަކީ ޤާނޫނު އަސާސީ މަނާކުރާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އަންނަ އަހަރަށްލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުމުން އޭގެ ފަހުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުންނަކީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. މެމްބަރުން އިންތިޚާބުވެ ވަޑައިގަންނަވާފައިވަނީ ވަކިވަކި ދާއިރާތަކުންކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް މެމްބަރުން ވަކާލާތު ކުރައްވަންވާނީ މުޅި ރާއްޖެއަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަޒީރު ފާހަގަކޮށްދެއްވައިފި ދުނިޔެއަށާއި ދިވެހިރާއްޖެއަށް ދިމާވެފައިވާ ކަޅު ވިލާގަނޑު، އިގްތިޞާދީ ދަތިތައް. ވަޒީރުގެ ސްޓްރެޓެޖީއެއް އެބައޮތް ދައުލަތަށް. ވީއެންމެ ރަނގަޅުގޮތަކަށް ލުއިގޮތަކަށް އަމަލުކުރައްވާ މިވަޅުގަނޑުން އަރައިގަނެ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް މިރާއްޖޭގެ މުއްސަނދިކަން ކުރިޔަށް ގެންދިޔުން. އަޅުގަނޑުގެ ހިތުގައި ސަރުކާރު އެކަން ކުރާނެކަމާމެދު ޝައްކެއް ނުއުފެދޭ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
29%
0%
71%
0%
0%
ކޮމެންޓް