ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 14:58
ކިނބިދޫ ދާއިރާގެ މެންބަރ މުޙައްމަދު ނާޝިޒް
ކިނބިދޫ ދާއިރާގެ މެންބަރ މުޙައްމަދު ނާޝިޒް
މަޖިލިސް
ބަޖެޓު ދިރާސާ ކުރާ ކޮމިޓީ
ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް މި އަހަރުވެސް ނާޝިޒް
 
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލައަކީ 34.7 ބިލިއަން ރުފިޔާ
 
އެމްއެމްއޭ އާއި އޮޑިޓަރ ޖެނެރަލްގެެ ޚިޔާލު ހޯއްދެވުމަށް ސިޓީ ފޮނުވުމަށް ވެސް ކޮމެޓީއިން ވަނީ ފާސްކޮށްފަ
 
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް އަދި ނައިބު މުގައްރިރަކަށް އަލިފުށީ ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުސައިން ހަމަޖައްސައިިފިއެވެ.

މި ދެބޭފުޅުންނަކީ 2020 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރި ކޮމިޓީގެ މުގައްރިރުކަމާއި ނައިބު މުގައްރިރުކަން ވެސް ކުރެއްވި ދެ މެމްބަރުންނެވެ.

ހޯމަ ދުވަހުގެ މެންދުރު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރު ކަމަށް ނާޝިޒުގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް އެވެ. އަދި އަސްލަމްގެ ހުށައެޅުއްވުމަށް ތާއީދުކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލްމުޣުނީއެވެ. ނާޝިޒު މުގައްރިރުކަމަށް ކަނޑައަޅަން ފެނޭތޯ ނެގުނު ވޯޓުގައި 20 މެމްބަރުން ވަނީ ނާޝިޒު މުގައްރިރުކަމަށް ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ.

ނައިބު މުގައްރިރަކަށް އަލިފުށި ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުސައިންގެ ނަން ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް އެވެ. އަދި ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރުއިބްރާހީމް ރަޝީދުއެވެ. މުހައްމަދު ރަޝީދު ހުސައިންގެ ނަން ފާސްވެފައިވަނީ 20 މެމްބަރުންގެ ތާއީދާއިއެކުއެވެ.

މީގެއިތުރުން ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ކޮމެޓީގެ ގަވާއިދު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފަ އެވެ. އަދި ބަޖެޓާއި ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އާއި އޮޑިޓަރ ޖެނެރަލްގެެ ޚިޔާލު ހޯއްދެވުމަށް ސިޓީ ފޮނުވުމަށް ވެސް ކޮމެޓީއިން ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފައެވެ. އެއަށްފަހު އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ހާޒިރުކުރެވޭނެ ކަމަށާއި، މަސައްކަތް ތާވަލު ދެން އަންނަ ބައްދަލުވުމަކަށް ހުށައަޅުއްވާނެ ކަމަށް މުގައްރިރު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ހުށައަޅުއްވާފައވެެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލައަކީ 34.7 ބިލިއަން ރުފިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް