ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 17:41
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 68،207 ސައިކަލު ރަޖިސްޓްރީކޮށްފައި
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 68،207 ސައިކަލު ރަޖިސްޓްރީކޮށްފައި
ރާއްޖެއެމްވީ
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ 90 އިންސައްތައަކީ ސައިކަލު!
 
ސެޕްޓެމްބަރު މަހާ ހަމައަށް 76،363 އުޅަނދު ވަނީ ރަޖިސްޓްރީ ކޮށްފައިވޭ
 
މިއަދާ ހިސާބަށް އައި އިރު ޕާކިންގ ސްޕޭސްގެ ގޮތުގައި އޮތީ 18 ޕާކިން ސްޕޭސް
 
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ވެހިކަލްތައް ޕާކް ކުރުމަށް ތިން ހެކްޓަރުގެ ޕާކިންގ ސްޕޭސް ބޭނުން ވޭ

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 76،363 އުޅަނދުގެ ތެރެއިން 68،207 އުޅަނދަކީ ހަމައެކަނި ސައިކަލު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިހެން ބުނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީއިން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ވެހިކަލްތައް ޕާކް ކުރުމަށް މިހާރު ވެސް ތިން ހެކްޓަރުގެ ޕާކިންގ ސްޕޭސް ބޭނުންވާ ކަމަށެވެ. ނަމަވެސް މިއަދާ ހިސާބަށް އައިއިރު ޕާކިންގ ސްޕޭސްގެ ގޮތުގައި އޮތީ 18 ޕާކިން ސްޕޭސް ކަމަށާއި، މިއީ ބޭނުންވާ އަދަދުގެ 15 އިންސައްތަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގަރާޖުތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރަައްވަމުން މި ބޭފުޅުން ވިދާޅުވެފައި ވަނީ ގިނަ އަދަދެއްގެ ގަރާޖުތައް ރަޖިސްޓްރީ ކުރި ނަމަވެސް ބައެއް އުޅަނދުފަހުރު ޕާކުކޮށްފައިވާ ގޮތުގެ ސަބަބުން ގަރާޖުތަކަށް ލާން ބޭނުންވާ އުޅަނދުތައް ނުލެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ޕާކިންގ ބިލްޑިންގއެއް ގާއިމް ކުރުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި ހަމަ މިއާ އެކު ގަރާޖު ސިޓީގެ މައްސަލައަށްވީ އެންމެ އަވަހަކަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން ދާނޭ ކަމުގެ ޔަގީންކަން މެމްބަރުންނަށް އެރުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށް ހޮވި ސަބް ކޮމިޓީގައި ހިމެނެނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން، ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު އަދި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް