ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 12:03
ކަނޑިންމަ ރިސޯޓް
ކަނޑިންމަ ރިސޯޓް
ބުކިންގ.ކޮމް
ކަނޑިންމަ ރިސޯޓްގެ މުވައްޒަފު މަރުވި މައްސަލަ
ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވި މައްސަލަޔާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް
 
ބަޖެޓް ހުށަހަޅާ ޖަލްސާއަށް ކުއްލި މައްސަލައެއް އެޖެންޑާކުރުމަށް މަޖިލީހުގެ ގަވާއިދު ތަންނުދޭ
 
ކުއްލި މައްސަލަ ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަހުމަދު އާމިރު

ކަނޑިންމަ ރިސޯޓްގެ މުވައްޒަފަކު ކޮވިޑް-19 ޖެހިގެން ނިޔާވި މައްސަލަޔާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ދ މާއެނބޫދޫ އާދަމް ނަސީރު ނިޔާވި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަހުމަދު އާމިރު އެވެ. ހޯމަ ދުވަހުގެ ޖަލްސާއަށް މިކުއްލި މައްސަލަ ހުށަހެޅުއްވި ނަމަވެސް ބަޖެޓް ހުށަހަޅާ ޖަލްސާކަމަށް ވުމުން އެމައްސަލަ ކުރިޔަށް ގެންދަވާފައެއްނުވެ އެވެ.

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް ހުށަހަޅާ ޖަލްސާއަށް ކުއްލި މައްސަލައެއް އެޖެންޑާކުރުމަށް މަޖިލީހުގެ ގަވާއިދު ތަންނުދޭކަމަށެވެ. އެހެންކަމުން ދެން އޮންނަ ޖަލްސާއަކަށް އެމައްސަލަ އެޖެންޑާކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މާއެނބުދޫއާއި ޖެހިގެން އޮންނަ ފަޅުރަށެއްގައި އޮންނަނީ ރިސޯޓެއް އަޅާފައި. ދެން ދިލްބަހާރުގޭ އާދަމް ނަސީރު އުޅުނީ އެތާންގައި. އާދަމް ނަސީރު އެތާންގައި އުޅޭތާ ކިތަންމެ ދުވަހެއް. އުޅެނިކޮށް އާދަމް ނަސީރު ބަލިވީ. އާދަމް ނަސީރަށް ރަށަށްދެވޭ ގޮތްނުވެ އާދަމް ނަސީރު ނިޔާވީ، އެކަމާއި ގުޅޭ ކުއްލި މައްސަލައެއް ހުށަހަޅާފައިވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ކަނޑިންމަ ރިސޯޓުގެ މުވައްޒަފު ކޮވިޑް-19 އާއި ގުޅިގެން ނިޔާވެފައިވާއިރު އެކަމުގައި ރިސޯޓްގެ އިހުމާލުތަކެއް އުޅޭކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. އެގޮތުން އާދަމް ނަސީރު ތަކުރާރުކޮށް ޑޮކްޓަރަށް ދައްކަން ދިޔުމަށް އެދުމުންވެސް އެފުރުސަތު ދީފައިނުވާކަމަށް އާއިލާއިން ބުނެއެވެ.

މިމައްސަލަ އާއި ގުޅިގެން އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ ރަފީޤު ވިދާޅުވީ ކަނޑިންމަ ރިސޯޓުގެ ކޭސްގައި އެ ރިސޯޓުން ނިޔާވި މީހާގެ މައްސަލައިގައި އޭނާގެ ހިސްޓްރީ ދިނުމުގައި އެކި ފަހަރު އެކިގޮތަށް ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި އަދި މިކަމުގައި އަދިވެސް އިތުރަށް ބަލަންޖެހޭކަންކަން އެބަހުރިކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަނޑިންމަ ރިސޯޓުން ކޮވިޑް-19 ޖެހިގެން އެރިސޯޓުގެ މުވައްޒަފަކު ނިޔާވި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށާއި މިކަން ހިނގައިދިޔަގޮތް އިތުރަށް ތަހުލީލު ކުރުމަށް އެޗް.އީ.އޯ.ސީ ޚާއްސަ ޓީމެއްވެސް މިމަހުގެ ދެވަނަ ދުވަހު އެ ރިސޯޓަށްގޮސްފައި ވާކަމަށެވެ. އަދި ރިސޯޓަށް ދިޔުމަށްފަހު އެރަށުގައި މިވަގުތު ކޮވިޑްގެ އައުޓްބްރޭކް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލައި އެކަންކަން ހުއްޓުވުމަށް އިތުރަށް އިރުޝާދު ދީފައިވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 60 އަށް އަރައިފައި ވާއިރު އެ ރިސޯޓުގައި ކަރަންޓީނުގައި ތިބި ބަޔަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށާއި އަދި ކޮންޓެކްޓުންގެ ގޮތުގައި 44 ފަރާތެއް މިހާތަނަށް ދެނެގަނެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް