ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 13:43
މޯލްޑިވްސް އިމިގްރޭޝަން: މީޓިންގ ވީޒާ އަދި ކޯޕަރޭޓް ރެޒިޑެންޓް ވީޒާ ދޫކުރުމަށް ވަނީ ނިންމާފަ
މޯލްޑިވްސް އިމިގްރޭޝަން: މީޓިންގ ވީޒާ އަދި ކޯޕަރޭޓް ރެޒިޑެންޓް ވީޒާ ދޫކުރުމަށް ވަނީ ނިންމާފަ
އިމިގްރޭޝަން
އިމިގްރޭޝަންގެ ގާނޫނު
250،000 ޑޮލަރު އިންވެސްޓްކުރުމުން ވީޒާ ލިބޭގޮތަށް ގާނޫނު އިސްލާހުކޮށްފި
 
ބޭރު ފައިސާ ބޭނުންވާ މިންވަރު ވެސް ބޮޑުވެފައިވާތީ ޑިޕޮސިޓް ކުރަންޖެހޭ އަަދަދު ވަނީ ކުޑަކޮށްފަ
 
ކޯޕަރޭޓް ރެޒިޑެންޓް ވީޒާގެ ދެބާވަތެއް ދޫކުރުމަށް ކޮމިޓީގެ ރިޕޯޓުގައިވޭ

ރާއްޖޭގެ ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވީޒާ ދޭގޮތަށް އިސްލާހު ގެނެސް އިމިގްރޭޝަންގެ ބިލު ފާސްކޮށްފި އެވެ.

ކޮމިޓީގެ އިސްލާހުތަކާއި އެކު އިމިގްރޭޝަންގެ ބިލް ފާސްކުރުމަށް ވޯޓު ދެއްވީ 53 މެމްބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ތިން މެމްބަރުންވެސް ތިއްބެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލު ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކޮށްފައިވާއިރު، ކޮމިޓީން ވަނީ އިމިގްރޭޝަންގެ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ނިންމާފަ އެވެ.

އެގޮތުން މީޓިންގ ވީޒާ އަދި ކޯޕަރޭޓް ރެޒިޑެންޓް ވީޒާ ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މީޓިންގް ވީޒާ އަކީ ކުރިން ރާއްޖޭގައި ދޫކުރެވެމުން އައި ވީޒާއެއް ނޫނެވެ. އެހެންކަމުން މިފަދަ ވީޒާއެއް ތައާރަފްކުރުމަށް ކޮމިޓީގައި ފުޅާ ދާއިރާއެއްގަ މަޝްވަރާކުރެވުނެވެ. މީޓިންގް ވީޒާގެ ދަށުން އާދެވޭނީ ކޮންފަރެންސްތަކާ މީޓިންތަކުގެ އިތުރުން ސަރުކާރުން ހުއްދަދީގެން އަންނަ އިވެންޓުތަކަށެވެ.

މީގެއިތުރުން ކޯޕަރޭޓް ރެޒިޑެންޓް ވީޒާގެ ދެބާވަތެއް ދޫކުރުމަށް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ. ކޮމިޓީ ރިޕޯޓުގައިވަނީ ރާއްޖޭގެ ބޭންކެއްގައި 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަތަކަށް ބަހައްޓާފައިވާ ފަރާތްތަކަށް އެ ބަހައްޓާފައިވާ މުއްދަތަށް ވީޒާ ދޫކުރުމަށް ހުށައަޅާފަ އެވެ. އަދި ރާއްޖޭގެ ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ފަސް އަހަރުން ފަސް އަހަރުން އެ އިންވެސްޓްމެންޓްގެ މުއްދަތުގައި ވީޒާ ދޫކުރުމަށް ވަނީ އިސްލާހު ހުށައެޅިފަ އެވެ.

އެންމެ ފުރަތަމަ މި ބިލު ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާގޮތުން އޮތީ ރާއްޖޭގެ ބޭންކެއްގައި 500،000 ޑޮލަރު ބަހައްޓާ ފަރާތްތަކަށް ވީޒާ ދޫކުރާ ގޮތަށެވެ. އޭރު އެ ފައިސާ ބަހައްޓަންޖެހޭ ވަކި މުއްދަތެއް ވެސް ބަޔާނެއް ނުކުރެއެވެ. އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެކުލަވާލި ރިޕޯޓުގައި ނިންމާފައިވަނީ ޑިޕޮސިޓް ކުރަންޖެހޭ އަދަދު ކުޑަކުރުމަށާއި ފަސް އަހަރުގެ މުއްދަތަކަށް އެ ފައިސާ ހުންނަން ޖެހޭނެ ކަމަށެވެ. ކޮމިޓީން މިގޮތަށް ނިންމާފައިވަނީ މިއީ ރާއްޖެއަށް ބޭރު ފައިސާ ބޭނުންވާ މިންވަރު ވެސް ބޮޑުވެފައިވާ ވަގުތަކަށް ވާތީ އެވެ.

މީގެއިތުރުން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި، އެ ކައިވެނިން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ޙާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ޙާލަތުގައި، އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރެޒިޑެންޓް ވީޒާ ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މި ހާލަތްތައް ނިމުމަކަށް އައުމުން ވީޒާ ބާތިލުވެގެންދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ކޮމިޓީ ރިޕޯޓުގައި ވަނީ ރެޒިޑެންޓް ވީޒާ ކޮންމެ 5 އަހަރަކުން އާ ކުރަންވާނެކަމަށެވެ. އެހެންނަމަވެސް، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފަރާތްތަކުގެ ތެރެއިން އަލަށް ރެޒިޑެންޓް ވީޒާއަށް އެދި ހުށައަޅާ ފަރާތެއް ނަމަ، ފުރަތަމަ އެއް އަހަރުގެ މުއްދަތަކަށް އެފަރާތަކަށް ހުއްދަ ދޫކުރަން ވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
29%
0%
29%
0%
43%
ކޮމެންޓް
9 ނޮވެންބަރ 2020 | ހޯމަ 21:24
އައްޑޫ
ރިސޯޓެއްގަ އައިސް 2 ރޭ ހުރެލާވަރަށް ވިސާ ވިއްކަނީ ލަދު ހަޔާތް ކުޑަ
9 ނޮވެންބަރ 2020 | ހޯމަ 14:18
ސަރުކާނު
ދެން ފާސްކުރާނީ 1 މިލިއަން ދިނީމަ ދިވެހި ޕާސްޕޯޓް އެމީހަކަށް ދޭގޮތަށް. ސާބަހޭ. އިންޑިއާ އައުޓް.