ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 13:10
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވާހަކަދައްކަވަނީ
އެޗްއީއޯސީ
ކޮވިޑް-19: އެއަރޕޯޓް ކޭސް
އެއަރޕޯޓުގައި މަސައްކަތް ކުރާ ދެ ކުންފުންޏަކުން 50 އަށް ވުރެއް ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
 
މިކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައްވެސް މިހާރު ކުރިއަށް ދަނީ
 
އޭގެތެރެއިން ކޮންޕެނީއެއަކީ ޗައިނާ ހަބަރ އިންޖިނިއަރިންގ ކޮންޕެނީ

އެއަރޕޯޓުގައި މަސައްކަތް ކުރާ ދެ ކުންފުންޏަކުން 50 އަށް ވުރެއް ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ ރަފީޤު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ދެ ކުންފުންޏެއްގައި މަސައްކަތްކުރާ 52 ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. އޭގެތެރެއިން އެއް ކުންފުންޏަކީ ޗައިނާ ހަބަރ އިންޖިނިއަރިންގ ކޮންޕެނީ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވި މީހުންނަކީ ސަބް-ކޮންޓްރެކްޓްގެ ދަށުން އެއަރޕޯޓުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް ކަމަށެވެ. މި ކޭސް އާއި ގުޅިގެން އެއް ކުންފުންޏެއްގެ 425 މުވައްޒަފުންނާއި އަނެއް ކުންފުނީގެ 225 މުވައްޒަފުން ކަރަންޓީންކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައްވެސް މިހާރު ކުރިއަށް ދާކަމަށް ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 11986 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 11092 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މިބަލީގައި މިހާތަނަށް 40 މީހަކު ވަނީ ނިޔާވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
100%
0%
0%
0%
ކޮމެންޓް