ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 10:51
ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ ރިސޯޓް
ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ ރިސޯޓް
ބުކިންގ.ކޮމް
ކަނޑިންމަ ރިސޯޓް
ކަނޑިންމަ ރިސޯޓުގައި މަރުވި މީހާގެ މައްސަލައިގަ އެމީހާގެ ހިސްޓްރީ އެކި ފަހަރު އެކިގޮތަށް ވަނީ ދީފައި: ޑރ. ނަޒްލާ
 
ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 60 އަށް
 
އިތުރަށް ތަހުލީލު ކުރުމަށް އެޗް.އީ.އޯ.ސީ ޚާއްސަ ޓީމެއްވެސް މިމަހުގެ ދެވަނަ ދުވަހު އެ ރިސޯޓަށްގޮސްފައިވޭ
 
ކޮވިޑް-19 ޖެހިގެން އެރިސޯޓުގެ މުވައްޒަފަކު ނިޔާވި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަނީ

ކަނޑިންމަ ރިސޯޓުގައި މަރުވި މީހާގެ މައްސަލައިގަ އެމީހާގެ ހިސްޓްރީ އެކި ފަހަރު އެކިގޮތަށް ވަނީ ދީފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ ރަފީޤު ވިދާޅުވީ ކަނޑިންމަ ރިސޯޓުގެ ކޭސްގައި އެ ރިސޯޓުން ނިޔާވި މީހާގެ މައްސަލައިގައި އޭނާގެ ހިސްޓްރީ ދިނުމުގައި އެކި ފަހަރު އެކިގޮތަށް ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި އަދި މިކަމުގައި އަދިވެސް އިތުރަށް ބަލަންޖެހޭކަންކަން އެބަހުރިކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަނޑިންމަ ރިސޯޓުން ކޮވިޑް-19 ޖެހިގެން އެރިސޯޓުގެ މުވައްޒަފަކު ނިޔާވި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށާއި މިކަން ހިނގައިދިޔަގޮތް އިތުރަށް ތަހުލީލު ކުރުމަށް އެޗް.އީ.އޯ.ސީ ޚާއްސަ ޓީމެއްވެސް މިމަހުގެ ދެވަނަ ދުވަހު އެ ރިސޯޓަށްގޮސްފައި ވާކަމަށެވެ. އަދި ރިސޯޓަށް ދިޔުމަށްފަހު އެރަށުގައި މިވަގުތު ކޮވިޑްގެ އައުޓްބްރޭކް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލައި އެކަންކަން ހުއްޓުވުމަށް އިތުރަށް އިރުޝާދު ދީފައިވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެެވެ.

ބުރާސްފަތި ދުވަހު އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ 01 ނޮވެމްބަރުން ފެށިގެން އިތުރު ޓޫރިސްޓުން ރިސޯޓަށް ނުގެނެވޭނެ ކަމަށާއި އެ ރިސޯޓަށް ބުކިން ހަދާފައި ތިބި ޓޫރިސްޓުން އެހެން ރިސޯޓްތަކަށް ޑައިވާރޓް ކުރެވެމުންދާ ކަމަށެވެ. އަދި ރިސޯޓުން ފުރަން ތިބި ޓޫރިސްޓުންނަށް ވެސް ފުރޭނީ ޕޮޒިޓިވް ކޭސްއަކާއި ކޮންޓެކްޓް ނުވާކަން ޔަޤީން ކުރުމަށްފަހު ކޮންޓެކްޓް ޓްރޭސިން ހަދުމަށްފަހު ކޮންޓެކްޓް ނުވާކަމަށް ޔަޤީން ކުރުމަށްފަހު އެމީހަކު ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ރިޒަލްޓްއެއް ލިބުމަށް ފަހުގައި ކަމަށެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 60 އަށް އަރައިފައި ވާއިރު އެ ރިސޯޓުގައި ކަރަންޓީނުގައި ތިބި ބަޔަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށާއި އަދި ކޮންޓެކްޓުންގެ ގޮތުގައި 44 ފަރާތެއް މިހާތަނަށް ދެނެގަނެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް