ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 12:33
ހުޅުމާލޭގައި މި ޝޯރޫމް ހުޅުވާފައިވަނީ 1 ނޮވެމްބަރު 2020 ގައި
ހުޅުމާލޭގައި މި ޝޯރޫމް ހުޅުވާފައިވަނީ 1 ނޮވެމްބަރު 2020 ގައި
ހޭންޑީ ވޯޓަރ
ހޭންޑީ ވޯޓަރ ޝޯރޫމް
ހޭންޑީ ވޯޓަރ އިން ހުޅުމާލޭގައި ޝޯރޫމެއް ހުޅުވައިފި
 
ހޭންޑީ ވޯޓަރ އަކީ 100 އިންސައްތަ ދިވެހި ކުންފުންޏެއް
 
ޝޯރޫމްގެ ސަބަބުން ކަސްޓަމަރުންނަށް ކުރަމުންދާ މަސައްކަތް ދައްކާލެވިގެން ދާނެ
 
ޝޯރޫމް ހުޅުވުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ކަސްޓަމަރުންނާ ގާތުން ޚިދުމަތް ދިނުން

ހޭންޑީ އިންޑަސްޓްރީސްގެ ހޭންޑީ ވޯޓަރ އިން ހުޅުމާލޭގައި ޝޯރޫމެއް ހުޅުވައިފި އެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހޭންޑީ ވޯޓަރ ގެ އެސިސްޓެންޓް މޭނޭޖަރ އަބްދުލް ސައްތާރު ވިދާޅުވީ ހުޅުމާލޭގައި މި ޝޯރޫމް ހުޅުވާފައިވަނީ 1 ނޮވެމްބަރު 2020 ގައި ކަމަށެވެ.

ސައްތާރު ވިދާޅުވީ ޝޯރޫމް ހުޅުވުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ރައްޔިތުންނާ އަދި ހާއްސަ ގޮތެއްގައި ހޭންޑީ ވޯޓަރ ގެ ކަސްޓަމަރުންނާ އިތުރަށް ގާތްކަން ބާއްވާ ކަސްޓަމަރުންނާއި ކައިރިން ޚިދުމަތް ދިނުން ކަމަށެވެ.

މީގެ އިތުރުންވެސް މިއީ ވަރަށް ގިނަ ކަސްޓަމަރުން އެދެމުން އަންނަ ކަމެއްކަން ފާހަގަ ކުރައްވާ ސައްތާރު ވިދާޅުވީ މި ޝޯރޫމްގެ ސަބަބުން ކަސްޓަމަރުންނަށް ކުރަމުންދާ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ދައްކާލެވިގެން ދާނެ ކަމަށެވެ.

ހޭންޑީ ވޯޓަރ އާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ މި ކުންފުންޏަކީ ތިމާވެެއްޓާ ވީހާވެސް ރައްޓެހި ކަމާއެކު މަސައްކަތް ކުރުމަށް ގިނަ ކަންކަން ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

ގޯ ގްރީންގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 1.5ml ގެ ޕްލާސްޓީކް ފުޅި އުފެއްދުން މިހާރު ހުއްޓާލާފައި ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އޭގެ ބަދަލުގައި 1 ލީޓަރުގެ ބިއްލޫރި ފުޅި ބޭނުން ކުރަމުން އަންނަ ކަމަށްވެސް ސައްތާރު މައުލޫމާތު ދެއްވި އެވެ.

އުކާލެވޭ ޕްލާސްޓީކް މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ހޭންޑީ ވޯޓަރ އިން ފެން ޑެލިވަރީ ކުރުމަށް ބޭނުން ކުރަމުން އަންނަނީ ތިމާވެއްޓާ ރައްޓެހި ބެޓެރި ޕިކަޕެވެ.

ސައްތާރު ވިދާޅުވީ ހޭންޑީ ވޯޓަރ އަކީ 100 އިންސައްތަ ދިވެހި ކުންފުންޏެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް