ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 13:19
އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިހުއާއި ނައިބް ރައީސް ފައިސަލް އަދި އެޑިއެކޭޝަން މިނިސްޓަރ ޢާއިޝަތު އަލީ
އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިހުއާއި ނައިބް ރައީސް ފައިސަލް އަދި އެޑިއެކޭޝަން މިނިސްޓަރ ޢާއިޝަތު އަލީ
ރައީސް އޮފީސް
ބަޖެޓް 2021- ތަޢުލީމް
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ!
 
މިނިސްޓަރ ވިދާޅުވީ 114 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާ ކަމަށް
 
އަމާޒަކީ، ފެންވަރު ރަނގަޅު ތަޢުލީމެއް ރާއްޖޭގެ 5 ސަރަޙައްދުން ވެސް ލިބޭނެ މަގު ފަހިކޮށްދިނުން

2021 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށައަޅުއްވާދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި ބަޖެޓަކީ އިޤްތިސާދީ ހަރަކާތްތައް ފުޅާވަމުންދާ ދަނޑިވަޅެއްގައި ބޭނުންވާ ވޯރކްފޯސް ބިނާކުރުމަށާއި، ތައުލީމަށްޓަކައި ހިޖުރަކުރަން ޖެހޭ މިންވަރު ކުޑަކުރުމަށް އިސްކަންދީގެން ކަނޑައެޅިފައިވާ ބަޖެޓެއް ކަމަށެވެ.

ތައުލީމީ ދާއިރާއަކީ އެއް ދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ 114 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ހަރަދު ކުރުމަށް ނިންމާފައިވާ ކަންކަމާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވާފަ އެވެ.

މީގެ ތެރޭގައި ސްކޫލު ތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރެވޭނެ. އަދި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ މިސަރުކާރުގެ އަމާޒެއް. ސަރަޙައްދީ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން، ޚާއްޞަ އިސްކަމެއްދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވާޞިލްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް މި ބަޖެޓުގައި ވަނީ ހިމެނިފައި.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތަޢުލީމެއް ރާއްޖޭގެ 5 ސަރަޙައްދުން ވެސް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެއިތުރުން ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް އެފިޝަންޓްކޮށް އަންނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބަޖެޓުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް