ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 15:23
ހދ. ކުޅުދުއްފުށި ސިޓީ: ޒުވާނަކަށް ހަމަލާ ދީފައިވަނީ ކުޅުދުއްފުށީގެ ފިހާރައެއްގެ ތެރޭގައި
ހދ. ކުޅުދުއްފުށި ސިޓީ: ޒުވާނަކަށް ހަމަލާ ދީފައިވަނީ ކުޅުދުއްފުށީގެ ފިހާރައެއްގެ ތެރޭގައި
އެޑިޝަން.އެމްވީ
ކުޅުދުއްފުށީގައި ހިނގި މާރާމާރީ
ކުޅުދުއްފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
މިހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު
ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައި

ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިމައްސަލާގައި ހައްޔަރުކޮށްފައިވާ ކުޅުދުއްފުށި ސަވާނާ/ އަލީ ސާޖިދު އިބުރާހިމް (28އ)ގެ ބަންދުގެ މުއްދަތު ވަނީ 10 ދުވަހަށް އިތުރުކޮށްފަ އެވެ.

ކުޅުދުއްފުށި ބަރާބަރު ފިހާރާގައި މިދިއަ ބުދަ ދުވަހުގެ މެންދުރު 11:30 ހާއިރު ހިންގި މިހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. ވަޅީގެ ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކަނާތު ކަންފަތް މައްޗަށެވެ. މިމައްސަލާގައި ހައްޔަރުކުރި މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ ވެސް ހަމަ އެދުވަހު ކަމަށް ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށްފަހު އޭނާ މިހާރު ވަނީ ގެޔަށް ދޫކޮށްލާފަ އެވެ. މިހާދިސާ ހިނގަމުން މެދުވެރިވި ސަބަބުން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

- ކޮމެންޓް