ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 08:01
ރާއްޖެ އައި ފަތުރުވެރިންތަކަކަށް މަރުހަބާކިޔަނީ
ރާއްޖެ އައި ފަތުރުވެރިންތަކަކަށް މަރުހަބާކިޔަނީ
ރާއްޖެއެމްވީ
ފަތުރުވެރިން ރާއްޖެއައުން
ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިން
ރަޝިޔާއިން 9،519 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ
ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކޭއިން
ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮކްޓޯބަރު މަހު

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ރަޝިޔާއިން މިހާތަނަށް ވަނީ 9،519 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިންނެވެ. އެގައުމުން 3817 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

ތިންވަނަ އަށް އެންމެ ގިނަ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އިންނެވެ. އެގައުމުން 3683 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، އިންޑިއާ، ޖާރމަނީ، ފްރާންސް، ޔުކްރެއިން، ސްޕެއިން އަދި ބްރެޒިލްއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މިމަހުގެ ތިންވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައިވަނީ 43،609 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުއެވެ.

އެގޮތުން އޮކްޓޯބަރު މަހު 21،515 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 800،000 އެއްހާ ފަރުވެރިން ކަމަށެ އެވެ.

އަދި ކުރިއަށް އޮތީ ފަތުރުވެރި ކަމުގެ ސިނާއަތުގެ ސީޒަން ދުވަސްތައް ކަމަށްވާތީ، މިހާރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެގުނަ ވެގެން ދިއުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެކެވެ.

- ކޮމެންޓް