ކޮވިޑް-19 ގެ ދެ ވަނަ ވޭވެއް އައިސްފައިވާ ޖަރުމަނުވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރު ދެނެގަތުމަށް އުފައްދާފައިވާ ފިޓްނަސް ޓްރެކަރ އެޕް ދައްކާގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް އަދި އެގައުމުގައި ކޭސްތައް ފެންނަ މިންވަރު ދަށެއްނުވެ އެވެ.
ޖަރުމަނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މިފަހުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. ބައި މިލިއަން މީހުން ފިޓްނެސް އެޕް ބޭނުންކުރަމުންދާއިރު މި އެޕް މެދުވެރިކޮށް ހުން އައިސްފައި ތިބޭ މީހުންގެ ކަރވް ދެނެގަނެވޭނެ އެވެ. މިއެޕުން އެމީހުންގެ ވިންދު ފަދަ ކަންކަން ރިކޯޑްކުރެވޭނެ އެވެ. މީހާގެ ވިންދު ހުންނަގޮތުން އެމީހާގެ ހަށިގަނޑުގައި ހުން ހުންނަމިންވަރު ދެނެގަނެވޭނެ އެވެ. މިހުރިހާ ރީޑިންގތަކަށް ބެލުމަށްފަހު ޖަރމަނުގައި ވައިރަސް ފެތުރޭ ޓްރެންޑް ދެނެގަނެވޭނެ އެވެ.
މިއެޕުން ނިކުންނަ ނަތީޖާތައް ދިރާސާކުރަމުން އަންނަ ފަރާތްތަކުން ބުނަނީ ފާއިތުވި ހަފްތާގައި އެގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރެސްޓޯރެންޓްތަކާއި ޖިމްތަކާއި ތިއޭޓަރ ތައް ބަންދުކުރުމުގެ އެއްވެސް އަސަރެއް އަދި ފެންނަމުންނެއް ނުދެއެވެ. ކަރވް އަދި ދަނީ މައްޗަށް ކަމަށާއި ކަރވް ތިރިއަށްދާ ތަނެއް ނުފެންނަކަމަށް އެފަރާތްތަކުން ބުނެއެވެ.
ހުން އައިއްސަ ތިބޭ މީހުންގެ ކަރވް އިން އަދި ވައިރަސް ފެތުރޭ މިންވަރު ދެނެނުގެނެވޭނެ ކަމަށާއި އެހެންނަމަވެސް އޭގެ ސަބަބުންވެސް ވައިރަސް ފެތުރުމަށް އަންނަ ބަދަލުތައް ދެނެގަނެވޭނެކަމަށް މާހިރުން ދެކެއެވެ.