ކ. މާލެ
|
6 ނޮވެންބަރ 2020 | ހުކުރު 21:50
ދުވާފަރުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން
ރާއްޖެއެމްވީ
ދުވާފަރުގައި އިހުތިޖާޖުކުރުން
އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް ދުވާފަރުގައި އިހުތިޖާޖުކޮށްފި
އިހުތިޖާޖު ކުރިއަށް ގެންދިޔައީ ހުކުުރު ދުވަހު ހަވީރު
އިހުތިޖާޖުގައި ބައިވެރިވީ ވަކި ސިޔާސީ ޕާޓީއަަކަށް ނިސްބަތްވާ ބައެއް އެކަންޏެއް ނޫން

ކީރިތި ރަސޫލާގެ ކާޓޫން ކުރެހި މައްސަލާގައި ފްރާންސްއާ ދެކޮޅަށް މަގުމަށްޗަށް ނިކުމެ ދުވާފަރުގެ ރައްޔިތުންތަކެއް އިހުތިޖާޖުކޮށްފިއެވެ.

ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ ޔަހޫދީންނާއި ދެކޮޅަށް އެރަށުގައި ކުރަމުން ގެންދާ އިހިތުޖާޖު ފަށާފައި ވަނީ ހުކުރު ދުވަހު 4:30 ހާއިރު ކަމަށެވެ.

އާބާދީގައި 4874 މީހުން ދިރިއުޅޭ ދުވާފަރުން މި އިހުތިޖާޖުގައި 400 އެއްހާ މީހުން ބައިވެރިވި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ނަސީރު ވިދާޅުވީ އިހުތިޖާޖުގައި ރަށުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި މެދު އުމުރުފުރާގެ މީހުން ބައިވެރިވެގެން ކުރިއަށްގެންދާ މި އިހްތިޖާޖަކީ ވަކި ޖަމާޢަތަކަށް ނުވަތަ ވަކި ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ކުރިއަށް ގެންދާ އިހްތިޖާޖެއް ނޫން ކަމަށެވެ.

އަދި މިއީ ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ގޮވާލާ، ޔަހޫދީންނާއި ދެކޮޅަށް ކުރިއަށް ގެންދާ އިހުތިޖާޖެއް ކަމަށެވެ.

މިއިހުތިޖާޖުގައި ބައިވެރިވާ މީހުންގެ ވަކި ޕާޓީއެއްގެ ލޯގޯ ޖެހި އެއްޗެއް ހިފައިގެނެއް ނޫން. އެމީހުންގެ އަތުގައި ހުރި ބޯޑު ތަކުގައި ލިޔެފައިވަނީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ކުރަމުންގެންދާ ފުރައްސާރަ ހުއްޓާލުމަށް
ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު

ކީރިތި ރަސޫލާގެ ކާޓޫން ކުރެހި މައްސަލާގައި ފްރާންސްއާއި ދެކޮޅަށް މަގުމަށްޗަށް ނިކުމެ އަޑު އުފުލައި އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލާ ރާއްޖޭގެ ބައެއް ފަރާތްތަކުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.

- ކޮމެންޓް