ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 17:13
މީގެކުރިން ބޭއްވި މަކިޓާ ސްވިމިންގް އެސޯސިއޭޝަން ކަޕްގެ ތެރެއިން
މީގެކުރިން ބޭއްވި މަކިޓާ ސްވިމިންގް އެސޯސިއޭޝަން ކަޕްގެ ތެރެއިން
ފޭސްބުކް
ސްވިމިން އެސޯސިއޭޝަން ކަޕް
15 ވަނަ މަކިޓާ ސްވިމިންގް އެސޯސިއޭޝަން ކަޕް އަންނަ މަހު ފަށަނީ
ފަސް އުމުރު ފުރައަކުން މުބާރާތުގައި ބައިވެރިވޭ
މުބާރާތް ފަށަނީ އަންނަ މަހުގެ ތިންވަނަ ދުވަހު

ސްވިމިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 15 ވަނަ މަކިޓާ ސްވިމިން އެސޯސިއޭޝަން ކަޕް އަންނަ މަހު ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.

ފަސް އުމުރުފުރައަކަށް ބަހާލައިގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހަށެވެ.

އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭ މި މުބާރާތުގައި ހިމެނެނީ 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރު ދަށް އަދި 16 އަހަރުން މަތީގެ އުމުރުފުރާތަކެވެ.

ޖުމްލަ 14 އިވެންޓް ހިމެނޭ މި މުބާރާތުގައި ކޮންމެ އުމުރު ފުރާއަކުންވެސް ނުވަ އިވެންޓުގައި ފެތުންތެރިން ވާދަކުރާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 30 ވަނަ ދުވަހު 14:00 ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް