ކ. މާލެ
|
6 ނޮވެންބަރ 2020 | ހުކުރު 21:44
ހަތަރު ސަރަޙައްދެއްގައި އިންޒާރުގެ މިންވަރު ވަނީ \'ރެޑް ޒޯން\' އަށް އަރާފައި
ހަތަރު ސަރަޙައްދެއްގައި އިންޒާރުގެ މިންވަރު ވަނީ 'ރެޑް ޒޯން' އަށް އަރާފައި
އެންޑީޓީވީ
ކޮވިޑް-19 އިޓަލީ
އިޓަލީގެ ހަތަރު ސަރަހައްދެއް ލޮކްޑައުން ކޮށްފި
 
އެ ސަރަޙައްދު ތަކުގައި ދިރިއުޅޭ 16.5 މިލިއަނަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރު ކުރާނެ
 
މި ހިސާބުތަކުގައި ވަނީ ހަރުކަށި ފިޔަވަޅު ތަކެއްވެސް އެޅުމަށް ނިންމާފައި
 
ލޮކްޑައުން ކޮށްފައި ވަނީ ލަމްބާޑީ، ޕީޑްމޮންޓު، ވައްލެ ޑީ އޮސްޓާ އަދި ކެލެބްރިއާ

އިޓަލީގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ހަތަރު ސަރަހައްދެއް ލޮކްޑައުން ކުރަން ނިންމައިފިއެވެ.

އިޓަލީގެ ބޮޑުވަޒީރު ގުސެއްޕެ ކޯންތޭ ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ޙާލަތު އަނެއްކާވެސް ގޯސްވެ އިންޒާރުގެ މިންވަރު 'ރެޑް ޒޯން' އަރާފައިވާ ހަތަރު ސަރަޙައްދެއް ހުކުރު ދުވަހުން ފެށިގެން ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ލޮކްޑައުން ކޮށްފައި ވަނީ ލަމްބާޑީ، ޕީޑްމޮންޓު، ވައްލެ ޑީ އޮސްޓާ އަދި ކެލެބްރިއާ އެވެ.

ލޮކްޑައުން ކުރުމާއެކު މި ހިސާބުތަކުގައި ވަނީ ހަރުކަށި ފިޔަވަޅު ތަކެއްވެސް އެޅުމަށް ނިންމާފައެވެ. މި ލޮކްޑައުންގެ އިތުރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ އެ ހިސާބު ތަކުގައި ކޮވިޑް ހަލުވިކަމާއިއެކު ފެތުރި ހޮސްޕިޓަލްތައް ފުރި ބާރުވެގެން ދިޔުން މަދުކުރުމުގެ ގޮތުން ކަމަށް އެގައުމުން ހާމަކުރެ އެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ކަންތައްތަކެއް ޢާންމުން ގުރުބާން ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެ ގިނަ ދަތިތަކަކާއި ކުރިމަތި ލާން ޖެހޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް އިޓަލީގެ ޞިއްޙަތާބެހޭ ވަޒީރު ރޮބާޓޯ ސްޕެރަންޒާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ހަލުވި ކަމާއެކު ބަލި ފެތުރުން މަދު ކުރުމަށް މިވަގުތު އެޅޭނެ ފިޔަވަޅަކީ މިއީ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި މެނުވީ 'ރެޑް ޒޯން' ގެ ހިސާބުތަކަށް ވަދެ ނިކުތުން މުޅިން މަނާވާނެ އެވެ. މި ހަތަރު ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު ލޮކްޑައުންގެ މުއްދަތު ދެ ހަފްތާއަށް ދެމިގެން ހިނގައިދާނެ ކަމަށްވެސް އެގައުމުން ބުނެ އެވެ. މީގެ އިތުރުން ވެސް އެގައުމުން ބުނީ ލޮކްޑައުންގެ އިތުރުން އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން އެ ސަރަޙައްދު ތަކުގައި ދިރިއުޅޭ 16.5 މިލިއަނަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.

އިޓަލީގައި މިހާތަނަށް 824،879 މީހުންނަށް ކޯވިޑް-19 ވަނީ ޖެހިފައެވެ. އަދި މި ބަލީގައި 40،192 މީހުންވަނީ މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް