ކ. މާލެ
|
6 ނޮވެންބަރ 2020 | ހުކުރު 05:34
ކަނޑިންމަ ރިސޯޓް
ކަނޑިންމަ ރިސޯޓް
ބުކިންގ.ކޮމް
ކޮވިޑް-19: ކަނޑިންމަ ރިސޯޓް
ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އަރައިފި
1 ނޮވެމްބަރުން ފެށިގެން ރިސޯޓް އޮތީ މޮނިޓަރިންގައި
ބުކިން ހަދާފައި ފަތުރުވެރިން އެހެން ރިސޯޓްތަކަށް ދަނީ ޑައިވާރޓް ކުރެވެމުން

ކަނޑިންމަ މޯލްޑިވްސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 50 އަށް އަރައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ހިނގާ ނޮމެބްވަރު މަހުގެ އެއްވަނަ ދުވަހާއި ހަމައަށް 20 ކޭސް ފެނިފައިވާ ކަމަށާއި އަދި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު އިތުރު 30 ކޭސްއެއް ފެނިފައިވާ ކަމަށެވެ. މި 30 ކޭސްގެ ތެރޭގައި ހިމެނެނީ ސްޓާފުންނާއި އޭގެ އިތުރުން ޑިޕާރޗަރ ސާމްޕަލްއަކުން ޕޮޒިޓިވްވި ފަތުރުވެރިއެކެވެ.

ނަޒްލާ ވިދާޅުވީ މި ހިނގާ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓް ވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ. އަދި އެ ރަށުގައި ކޭސް ގިނަވުމާއި ގުޅިގެން ރިސޯޓަށް އަރާފޭބުމުގައި ރެސްޓްރިކްޝަންތަކެއް ކަނޑައަޅާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ 01 ނޮވެމްބަރުން ފެށިގެން އިތުރު ޓޫރިސްޓުން ރިސޯޓަށް ނުގެނެވޭނެ ކަމަށާއި، އެ ރިސޯޓަށް ބުކިން ހަދާފައި ތިބި ޓޫރިސްޓުން އެހެން ރިސޯޓްތަކަށް ޑައިވާރޓް ކުރެވެމުންދާ ކަމަށެވެ. އަދި ރިސޯޓުން ފުރަން ތިބި ޓޫރިސްޓުންނަށް ވެސް ފުރޭނީ ޕޮޒިޓިވް ކޭސްއަކާއި ކޮންޓެކްޓް ނުވާކަން ޔަޤީން ކުރުމަށްފަހު ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓް ނުވާކަމަށް ޔަޤީން ކުރުމަށްފަހު އަދި އޭގެ އިތުރުން ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވްވުމަށް ފަހުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިވަގުތު ދ. އަތޮޅު ހޮސްޕިޓަލުގައި އެއް ނަރުހާއި އެއް ހެލްތް ވޯކަރ ރިސޯޓްގައި ހަރަކާތްތެރިވަމުން ދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

- ކޮމެންޓް