ކ. މާލެ
|
5 ނޮވެންބަރ 2020 | ބުރާސްފަތި 23:39
ލަންކާގައި ދަނީ ކޮވިޑް ފެތުރެމުން
ލަންކާގައި ދަނީ ކޮވިޑް ފެތުރެމުން
އޭޝިއާ ޓައިމްސް
ކޮވިޑް19 - ލަންކާގެ ހާލަތު
ސްރީލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 12،000 އަށް އަރައިފި
 
ލަންކާއިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ 29 މީހެއް
 
ބުރާސްފަތި ދުވަހުވަނީ 383 މީހަކު ޕޮޒިޓިވްވެފައި

ސްރީލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 12،000 އަށް އަރައިފިއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން ލަންކާއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،750 އަށް އަރާފައެވެ.

ބުރާސްފަތި ދުވަހުވެސް ލަންކާއިން 383 މީހަކު ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. ބުރާސްފަތި ދުވަހު ޕޮޒިޓިވްވި އެންމެންނަކީވެސް މިނުވަންގޮޑާ ކްލަސްޓާއާ ގުޅުންހުރި މީހުންކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފާއިތުވި ތިން ހަފްތާގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު ލަންކާގައި އިތުރުވާން ފެށުމާއި ގުޅިގެން ވެރިރަށް ކޮލޮމްބޯގައި މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުން އުސޫލުތައް މިހިނގާ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހާއި ހަމައަށް ދެމެހެއްޓުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސްރީލަންކާގެ ސަރުކާރުން ވަނީ އަމިއްލައަށް ގޭގައި ކަރަންޓީނުވެފައިވާ ޢާއިލާތަކަށް 10000 (ދިހަ ހާސް) ލަންކާ ރުޕީސް އަށްވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޙަރަކާތަކެއްވެސް ފަށައިފައެވެ. މި ތަކެތި އެމީހުންނަށް ފޯރުކޮށްދޭނީ އެގައުމުގެ ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާއި އެކުގައި ކަމަށް ސަރުކާރާ ހަވާލާދީ ހަބަރުތަކުން ބުނެއެވެ.

މިހާތަނަށް ލަންކާއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 6623 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ވައިރަސްގެ ސަބަބުން އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 29 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް