ކ. މާލެ
|
5 ނޮވެންބަރ 2020 | ބުރާސްފަތި 11:58
އިންޑިޔާގެ ކޮވިޑް ކޭސްތަށް މައްޗަށް އެރުން
އިންޑިޔާގެ ކޮވިޑް ކޭސްތަށް މައްޗަށް އެރުން
އިންޑިއާ ޓައިމްސް
އިންޑިޔާގެ ކޮވިޑްގެ ހާލަތު
އަނެއްކާވެސް އިންޑިއާގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ބައި ލައްކައިން މައްޗަށް!
 
އިންޑިޔާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8،363،412 އަރައިފި
 
އިންޑިޔާއިން ދުވާލެއްގެ މައްޗަށް މަރުވި މީހުންގެ އަދަދު ވަނީ އަނެއްކާ ވެސް 700 އިން މަށްޗަށް
 
ފާއިތުވި ދިހަ ދުވަހު ތެރޭގައި އެންމެ ގިނައިން ޕޮޒިޓިވް ކޭސް ފެނުނީ ބުދަ ދުވަހު

ފާއިތުވި ދިހަ ދުވަހު އިންޑިއާގެ ކޮވިޑް-19 ކޭސްތަށް ސާޅީސް ހާހުގައި އުޅުމަށް ފަހު ބުދަ ދުވަހު ބައި ލައްކައިން މައްޗަށް އަރައިފިއެވެ.

އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ޤައުމެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮވެ އިންޑިއާގެ ހާލަތު ގޯސްވެފައި ވަނިކޮށް، އެ ޤައުމުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ކުރިޔާއި އަޅާބަލާއިރު ދަށްވާން ފެށީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ކޮވިޑްގެ ތަފާސްތައް އާންމުކުރާ ވޯލްޑްއޮމީޓަރސްއިން ދައްކާ ގޮތުގައި އިންޑިޔާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50،465 އަރާފައިވާއިރު މިއީ ފާއިތުވި ދިހަ ދުވަހު ތެރޭގައި އެންމެ މަތިން ޕްޒިޓިވް ކޭސް ފެނުނު ދުވަހެވެ. މި އަދަދާ އެކު އިންޑިޔާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8،363،412 އަރާފައެވެ.

އިންޑިޔާއިން ދުވާލެއްގެ މައްޗަށް މަރުވި މީހުންގެ އަދަދު ވަނީ ފާއިތުވި 15 ދުވަހު ހަސަތޭކައިން ދަށުގައި އުޅުމަށް ފަހު އަނެއްކާ ވެސް 700 އިން މަށްޗަށް އަރާފަައެވެ. މިއާ އެކު އެ ގައުމުން ކޮވިޑް-19 އިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 124،354 އަށް އަރާފައެވެ.

ކުޑަ މަޑުޖެހުމަކަށް ފަހު އަނެއްކާ ވެސް ކޮވިޑްގެ ކޭސްތަށް އިތުރުވާން ފަށާފައިވާއިރު އިންޑިޔާއަކީ މި ވަގުތު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް