ކ. މާލެ
|
5 ނޮވެންބަރ 2020 | ބުރާސްފަތި 21:54
ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޭވިޑް އަންދަލް، ނިޔާވީ ކޮވިޑަށް ފަރުވާ ހޯދަމުންދަނިކޮށް
ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޭވިޑް އަންދަލް، ނިޔާވީ ކޮވިޑަށް ފަރުވާ ހޯދަމުންދަނިކޮށް
އޭބީސީ ނިއުސް
އަންދަލް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބ
ކޮވިޑް-19: ނިޔާވި ޑޭވިޑް އަންދަލް، ދަކޯޓާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކޮށްފި
 
މުޅި ދުނިޔެއިން އެންމެ ގިނަ ކޮވިޑް-19ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ އެމެރިކާގައި
 
އަންދަލްގެ އުމަރަކީ 55 އަހަރު
 
ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނިކޮށް

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޭވިޑް އަންދަލް, ދަކޯޓާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކޮށްފިއެވެ.

އެމެރިކާގެ ނޯތް ދަކޯޓާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުން އަންދަލް މޮޅިވިކަން އިއުލާން ކުރީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަންދަލްއާއި ރަނިންމޭޓް ނެހްރިން އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ނުފޫޒު ގަދަ ގާނޫނު ހަދާ މީހެއް ކަމަށްވާ ޖެފް ޑެލްޒަރއާ ވާދަކޮށްގެންނެވެ. އޭނާއަކީ ހައުސް އެޕްރޮޕިރިއޭޝަން ކޮމެޓީގެ ޗެއަރމަންނެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި 55 އަހަރުގެ އަންދަލް ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ސިއްހީ ގޮތުން ވަރަށް ހާލު ބޮޑުވިއެވެ. އަންދަލް ނިޔާވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނިކޮށް އޮކްޓޫބަރު މަހުގެ 05 ވަނަ ދުވަހެވެ.

އަންދަލް ނިޔާވުމާއި ގުޅިގެން އަދިވެސް ގިނަ ބަޔަކު އެކަން ގަބޫލުކުރަން ބޭނުންނުވާ ކަމަށް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މުޅި ދުނިޔެއިން އެންމެ ގިނަ ކޮވިޑް-19ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ އެމެރިކާގައެވެ. އަދި މިހާރުގެ ހަލުވި މިނެއްގައި ވައިރަސް ފެތުރެމުންދާއިރު، މިހާތަނަށް 9 މިލިއަނަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ، ދެލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
67%
33%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި