ކ. މާލެ
|
4 ނޮވެންބަރ 2020 | ބުދަ 18:42
ސްމާޓް މީޓަރެއް، ސްމާޓް މީޓަރުތައް ހަރުކުރެވިގެން ދިއުމާއި އެކު ކަރަންޓު ބިލަށް އަރާވަރު އަދި ކަރަންޓު ބިލަށް އަންނަ ބަދަލުތައް އެނގޭނެ
ސްމާޓް މީޓަރެއް، ސްމާޓް މީޓަރުތައް ހަރުކުރެވިގެން ދިއުމާއި އެކު ކަރަންޓު ބިލަށް އަރާވަރު އަދި ކަރަންޓު ބިލަށް އަންނަ ބަދަލުތައް އެނގޭނެ
ޓްވިޓަރ
ސްރިނަގަރް ގައި ސްމާޓް މީޓަރުތައް ހަރުކުރުން
ސްރީނަގަރް ގައި 20،000 ސްމާޓް މީޓަރުތައް ހަރުކުރަނީ
 
ބިލަށް އަރާވަރު ކުޑަކުރެވޭނެ
 
ލަސްކަމެއް ނެތި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އެދިފައި
 
20،000 ސްމާޓް މީޓަރު ހަރުކުރާނެ

އިންޑިއާގެ ސްރީނަގަރްގެ އިތުރުން ޖައްމޫގެ ބައެއް ސަރަހައްދުތަކުގައި ސްމާޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން ހަރަދުކޮށްގެން ސްމާޓް މީޓަރުތައް ހަރުކުރުމުގެ ސްކީމްއާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކެރެޓަރީ ރޯހިތް ކަންސެލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ބައްދަލުވުގައި ޕްރޮޖެކްޓް ކުރިއަށްގެންދާ ކުންފުނިން ވަނީ، ސްރީނަގަރްގެ އަދި ޖައްމޫގެ ބައެއް ސިޓީތަކުގައި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސްމާޓް މީޓަރުތައް ހަރުކުރުމަށް ފެށޭނެ ކަމަށް އަންގާފައެވެ.

ފުރަތަމަ ފިޔަވަހީގައި 20،000 މީޓަރު ހަރުކުރުމަށް ހަމަޖެހިފައިވާއިރު، ދެލައްކަ މީޓަރު ހަރު ކުރެވެންދެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއްވެސް ލަސްކަމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރޯހިތް ވަނީ އިރުޝާދު ދެއްވާފައެވެ. މަޝްރޫއު ކުރިއަށްގެންދާ ރެކް ޕަވާ ޑިސްޓްރިބިއުޝަން ކޮމްޕެނީ ލިމިޓެޑް އިން ބުނީ، ސްމާޓް މީޓަރުތައް ހަރުކުރެވިގެން ދިއުމާއި އެކު ކަރަންޓު ބިލަށް އަރާވަރު އަދި ކަރަންޓު ބިލަށް އަންނަ ބަދަލުތައް އެނގޭނެ ކަމަށެވެ. އަދި އެއާއި އެކު ކަރަންޓަށް ހޭދަކުރެވޭ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ

މޯބައިލް ފޯނުތައް ރީޗާޖް ކުރެވޭ ގޮތަށް ސްމާޓް މީޓަރުތައް ވެސް ރީޗާޖް ކުރެވޭނެއެވެ. ސްރީނަގަރް ގައި ހުންނަ ޑޭޓާ ސެންޓަރުގެ އިތުރުން ޖައްމޫގައި ހުންނަ ޑޭޓާ ރިކަވަރީ ސެންޓަރު މެދުވެރިކޮށް، ރިމޯޓްކޮށް މީޓަރަށް އަރާވަރު ބެލޭނެ ކަމަށް އެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އަދި ހަމައެއާއި އެކު ޕަވާ ސަޕްލައި ''ސްޓެޓަސް'' އަދި ސިސްޓަމް އަށް ނުވަތަ އެހެން ކަމެއް ދިމާވިޔަސް ކަރަންޓަށް ދިމާވާ މައްސަަލަ ކަރަންޓު ޑިސްޓްރިބިއުޝަން ކުންފުނިތަކަށް އެނގިގެންދާނެ ކަމަށްވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
100%
0%
ކޮމެންޓް