ދައުލަތުގެ ބަޖެޓުން އިންޑިއާ ސިފައިންނަށް ޚަރަދު ނުކުރާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބަޖެޓް ފާސްކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި ގައުމީ ދިފާއީ ބާރުން ޚަރަދުކުރާ ކޮންމެ ފައިސާ ފޮއްޗެއް ރައްޔިތުންގެ މަޖިލީހަށް އިނގޭނެ ކަމަށެވެ. އަދި އިދިކޮޅުން ދައްކާ ވާހަކަތަކަކީ ރައްޔިތުން ބިރުގަންނަވައިގެން މުޅި ރާއްޖެ ފިތުނަކުރަން ދައްކާ ވާހަކަތައް ކަމަށެވެ.
ކުރީގެ ދިފާއީ ވަޒީރަކަށް ހުންނެވި އާދަމް ޝަރީފް އުމަރަށް ވެސް އެންގިވަޑައިގަންނަވާނެ ކިތައް މީހުން ކަން މި ގައުމުގައި މި ވަގުތު ތިބީ އެއަށްވުރެ އިތުރުމީހުނެއް އައީކީނޫން. ވަރަށް ރަނގަޅަށް އެ ބޭފުޅާއަށް އެނގިވަޑައިގަންނަވާނެޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިސްލާހުކުރިއިރު އެ ޚާއްސަ މަޖިލީހުގައި އެ ކަމަނާ އިންނެވި ކަމަށާއި އެއިރު އުފައްދާފައިވާ 241 ކޮމިޓީގައި ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް ހިމެނިފައިވާނެ ކަމަށެވެ. އަދި އެ ކޮމިޓީން ކުރާ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގައި ހިމެނިވަޑައިގަންނަވާ މެންބަރުން އެބަ ތިއްބަވައޭ 241 ކޮމިޓީގައި. އެ ބޭފުޅުން އަޅުގަނޑުމެން ހާޒިރުކުރުވާފައި އެއައްސަވާ ކޮންމެ ސުވާލަކަށް އަޅުގަނޑުމެން މިތިބީ ޖަވާބުދާރީވާ ގޮތަށް. އެކަން ކޮމިޓީން ބެއްލެވޭނެ ކުރިއަށް ވެސް ގެންދެވޭނެ. އެ ބޭފުޅުންނަށް އޮޅުވާލައިގެން ފޮރުވައިގެން އަޅުގަނޑުމެން އުޅޭކަށްނެތީމުޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
މިނިސްޓަރ ވިދާޅުވީ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށާއި ދިވެހިރާއްޖެއަކީ ހުރިހާ ގައުމަކާއި ވެސް ރަހުމަތްތެރި އެކުގައި މަސައްކަތްކުރާ ބައެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ދުޝްމަން ގައުމުތަކެއް ނުހުންނާނެ ކަމަށާއި އެހެން ދެ ގައުމުތަކުން ހިންގާ ހަނގުރާމައިގެ ތެރެއަށް ދިވެހިރާއްޖެ ވަންނަން ރާއްޖޭގެ ރައްޔިތުން ވެސް ބޭނުން ނުވާ ކަމަށެވެ.
އެތަނަށް ގޮސްފައި އައިސްފައި ދެން މިވެނި މައުލޫމާތެއް ބޭނުމޭ ކިޔައިގެން ލިޔުނީމަ މި ހީވާ ކަހަލަ އެގައުމަށް ބޭނުންވާ މައުލޫމާތު އިދިކޮޅުން އުޅެނިއްޔޭ ހޯދައިދޭން. މީހަކު އެގޮތަށް ބުނީ އެއްނޫން ނަމަވެސް އެހެން ހީވާން ޖާގައެބައޮތްޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
އިދިކޮޅުން ގައުމާއި ރައްޔިތުންނާއި ދޭތެރޭ ވިސްނާވަޑައިގެންނެވުމަށާއި ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ހެދި ރާއްޖެ ފިތުނައިގެ ތެރެއަށް ނުގެންދިއުމަށް ވަނީ އެދިވަޑައިގެންފައެވެ.