ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 09:56
ދޫނިދޫ ބަނދަރާއި ބިންހިއްކުމުގެ މަޝްރޫޢު
ދޫނިދޫ ބަނދަރާއި ބިންހިއްކުމުގެ މަޝްރޫޢު
އެމްޓީސީސީ
ދޫނިދޫ ބަނދަރާއި ބިން ހިއްކުމުގެ މަޝްރޫޢު
ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިގެން ކުރިއަށް!
މި މަޝްރޫޢުއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫއެއް
އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 21 ސެޕްޓެމްބަރ 2020

ކ. ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިމަސައްކަތުގެ 10 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 39 އިންސައްތަވެސް މިހާރު ނިމިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 4.61 އޭކަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3.75 އޭކަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުން ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 21 ސެޕްޓެމްބަރ 2020 ގައެވެ.

- ކޮމެންޓް