ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 09:42
ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ
ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލަރޓް ނެރެފި
ހޯމަ ދުވަހުގެ ހެނދުނު 9ން ފެށިގެން މެންދުރު 3 ޖެހުމާއި ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ
ހޯމަ ދުވަހުގެ ރޭ 8 ޖެހުމާއި ހަމައަށް މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ

ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލަރޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ހެނދުނު 9ން ފެށިގެން މެންދުރު 3 ޖެހުމާއި ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ ހޯމަ ދުވަހުގެ ރޭ 8 ޖެހުމާއި ހަމައަށް މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަަކަށް މޫސުން ރަނގަޅުވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

ހުޅަނގާއި ހުޅަނގު އުތުރުން އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަަށް ގަދަ ވާާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވާާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައި ކަމަށެވެ.

- ކޮމެންޓް