ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 00:27
ގެއްލިގެން ހޯދަމުންދާ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ)
ގެއްލިގެން ހޯދަމުންދާ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ)
ޕޮލިސް
ޒުވާނަކު ގެއްލިގެން ހޯދަންފެށުން
މާލެއިން ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ
އޭނާ ގެއްލޮފައިވަނީ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން
ޝިރުމީނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ 9631696 ގުޅުމަށް ވަނީ އެދިފައި
ޝިރުމީނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ މީހާއަކީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ކަމަށެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހަމަ އެ ދުވަހުގެ ރޭ 22:45 ގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އެ މީހާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޝިރުމީނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ކަމަށާއި، ޝިރުމީނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައޮ ހިއްސާކޮށްދިނުމަށްވަނީ އެދިފައެވެ.

- ކޮމެންޓް