ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 22:51
އީސީގެ މެމްބަރު ފުއާދު ތައުފީގް
އީސީގެ މެމްބަރު ފުއާދު ތައުފީގް
ރާއްޖެއެމްވީ
ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާޙު ކުރުން
10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުން ފައިސާ ލިބޭ އިސްލާހެއް ހުށައަޅައިފި
ފައިސާ ލިބެނީ އެންމެ ތިން ޕާޓީއަށް
ދައުލަތަށް ބުރަ ބޮޑެއް ނުވާނެ: ފުއާދު

10,000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ވެސް ދައުލަތުން ފައިސާ ލިބޭ ގޮތަށް އިސްލާހު ހުށައަޅާފައިވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށެވެ. އަދި މިހާރު ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާ ލިބެނީ ހަމައެކަނި 10،000 މެމްބަރުން ތިބޭ ޕާޓީތަކަށް އެކަނި ކަމަށެވެ.

އެހެންކަމުން ކުދި ޕާޓީތަކަށް އެއްވެސް ފައިސާއެއް ނުލިބި މާލީ ގޮތުން ދަތިވާކަމަށް ފުއާދު ފާހަގަކުރެއްވިއެވެ. މިހާރު ދައުލަތުން ފައިސާ ލިބެނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ.

މިހާރު ދައުލަތުގެ ފައިސާ ލިބެނީ މި ތިން ޕާޓީއަށްކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ ގިނަ ޕާޓީތަކަށް ދައުލަތުގެ ފައިސާ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ދައުލަތަށް ބުރަ ބޮޑު ވާނެ ކަމެއް ނޫން ކަމަށެވެ. ރެޖިސްޓަރ ކޮށްގެން 10 ޕާޓީ ހިންގަމުން އަންނައިރު، ޕާޓިތަކުގެ ހިންގުން ކުރިއެރުވުމަށް އެ ހުރިހާ ޕާޓީތަކަށް ފައިސާ ބެހުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ބޭނުމަކީ ކޮންމެ ޕާޓީއެއްވެސް ހިންގުމަށްޓަކައި އިދާރީ ކަންތައްތަަކަށްޓަކައި އަދި ހަރަކާތްތައް ހިންގުމަށްޓަކައިވެސް ދައުލަތުން ދެ ފައިސާގެ ކޮންމެވެސް މިންވަރެއް ލިބިއްޖިއްޔާ އެ ޕާޓީގެ ހަރަކާތްތައް ރަނގަޅުކުރެވޭނެ ކަމަށް ފެންނާތީވެ. އެޔާ އެކީގައި އަޅުގަނޑުމެން އެބަ ބަލަން ބޮޑެތި ޕާޓިތަކަށް ބޮޑަށް ހަރަދުދާނެ ކަމަށް، ބޮޑު މެމްބަރޝިޕެއް އޮތީމަ. އެހެންވީމަ ބޮޑެތި ޕާޓިތަކަށް ގިނައިން ލިބޭ ގޮތަކަށް އެބައިވެސް ކަނޑައެޅިފައި އޮންނާނީ. އެކި އެކި އިންތިިހާބުތަކުގައި މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދި ލޯކަލް ކައުންސިން އިންތިހާބުގައިވެސް އެ ލިބޭ ވޯތުގެ ނިސްބަތުން އެ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް.
އީސީގެ މެމްބަރު ފުއާދު ތައުފީގް

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 54 އިސްލާހެއް ހުށަހަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީއިން ބަލަހައްޓާ ދަފްތަރަކަށް ހެދުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕް 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުުރުންވެސް ހިމެނެއެވެ.

- ކޮމެންޓް