ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 20:54
އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަށް އެެތެރެވެވޭނީ 10 ދުވަހުގެ މުއްދަތަށް
އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަށް އެެތެރެވެވޭނީ 10 ދުވަހުގެ މުއްދަތަށް
-
އުމުރާގެ އަޅުކަން އަދާކުރަން ހުޅުވާލުން
އުމުރާގެ އަޅުކަން އަދާކުރަން 10،000 މީހުން ސައުދީއަށް އެތެރެވެއްޖެ
 
އުމުރާއަށް ދިއުމަށް ހުއްދަ ދޫކުރަނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް، ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށައަޅަންޖެހޭ
 
އުމުރާގެ އަޅުކަން އަދާކުރަން އެތެރެވާ މީހުން ތިން ދުވަހަށް އެކަހެރިވާންޖެހޭ، ތިބެވެނީ ދިހަ ދުވަހު
 
ބޭރުގެ ގައުމުތަކުން އުމްރާގެ އަޅުކަމަށް މީހުން އެތެރެވާން ހުއްދަ ދިނީ ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު

ކޮވިޑް-19 އާ ގުޅިގެން އުމްރާގެ އަޅުކަން އަދާކުރުން މަޑުޖައްސާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި ގުޅިގެން ބޭރުގެ ގައުމުތަކުން 10،000 މީހުން އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފިއެވެ.

އުމުރާގެ އަޅުކަން އަދާކުރަން ސައުދީއަށް އެތެރެވާ އެންމެންވެސް ތިން ދުވަހުގެ މުއްދަތަކަށް އެކަހެރިވާން ޖެހޭނެ ކަމަށް ހައްޖު އަދި އުމްރާގެ ޑެޕިއުޓީ މިނިސްޓަރު އަމްރު އަލް މައްދަޙު ވަނީ ވިދާޅުވެފައެވެ. އަޅުކަމަށްދާ މީހުންނަށް ސައުދީ ގައި މަޑުކުރެވޭނީ 10 ދުވަހުގެ މުއްދަތަށެވެ.

މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ކަނޑައަޅާފައިވަ އުސޫލުގައިވާ ގޮތުން، ސައުދީ ފިޔަވައި އެހެން ގައުމުތަކުން އުމްރާއަށް އާދެވޭނީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި، އެއްވެސް ޖަމާއަތަކާއި ނުގުޅި އުމްރާއަށް ނުދެވޭއިރު ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 50 މީހުން ހަމަނުވާ ޖަމާއަތްތަކަށް އެކަންޏެވެ.

ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނެއްހާ މީހުން އުމްރާގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރަން ސައުދީއަށް ޖަމާވެއެވެ. ހައްޖަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ. ކޮވިޑުގެ ބިރާ ހެދި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވަނީ ސައުދީ ގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެވެ. އެ ފުރުސަތު ލިބުނީ 6000 މީހުންނަށެވެ.

ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މުސްލިމުން އަންނައިރު، އޭގެ ސަބަބުން ސައުދީގެ އިގްތިސާދަށް އަހަރަކަށްވުރެ އަހަރެއް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް