ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 17:34
ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަނީ
ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަނީ
ރޮއިޓަރސް
އެއިޖިއަން ކަނޑަށް އައި ބިންހެލުން
އެއިޖިއިން ކަނޑަށް އައި ބިންހެލުމުގައި ތުރުކީއިން މަރުވި މީހުންގެ އަދަދު 51 އަރައިފި
 
ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދުނު ނަމަވެސް، ސުނާމީގެ ސަބަބުން މާ ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވޭ
 
މި ބިންހެލުމުގެ ސަބަބުން ބޮޑަށް އަސަރުކުރީ ތުުރުކީ އާއި ގްރީސްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް
 
ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 7.0 މެގްނެޓިއުޑް ބާރުމިނުގައި

ތުރުކީވިލާތައް މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 51 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓަރ އެންޑް އިމަރޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީ (އޭއެފްއޭޑީ) އިން ބުނެފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ތުރުކީގެ ކަމާއިގުޅުންހުރި ވުޒާރާތައް ގުޅިގެން ކުރިއަށްގެންދާ ރެސްކިއު އޮޕަރޭޝަންގައި މިހާތަނަށް ބިމާ ހަމަވެފައިވާ 32 އިމަރާތެއް ބަލާފައިވާ ކަމަށެވެ. އިމާރާތްތަކުގެ ތެރޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 115 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އެއިޖިއަން ކަނޑަށް އައި 7.0 މެގްނިޓިއުޑްގެ ބިންހެލުމުގައި ގްރީސް އާއި ތުރުކީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެގޮތުން، ގިނަ އިމާރާތްތައް ހަލާކުވެ، ވެއްޓިފައިވާއިރު، އަދިވެސް އިތުރު މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެބަތިބި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބިންހެލުމަށް ފަހު ސުނާމީއެއްވެސް އަރައިފައިވާއިރު، ތުރުކީގެ ރެސްކިއު ޓީމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވަނީ، ސުނާމީގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތައް ކޮންމެވެސް ވަރަކަށް ހުރަސް އެޅުނުކަމަށް ބުނެފައެވެ. ނަމަވެސް، ބިންހެލުމުން ލިބުނު ގެއްލުމާއި އަޅާކިޔާއިރު ސުނާމީގެ ސަަބަބުން މާ ބޮޑެތި ގެއްލުންތަކެއް ނުވާ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް