ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 15:38
ބްރިޖު މަތީގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެއްޓެއް
ބްރިޖު މަތީގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެއްޓެއް
ޓްވިޓަރ
ބްރިޖުގައި ހިނގި އެކްސިޑެންޓް
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަންހެނަކަށް އަނިޔާވެއްޖެ
ސައިކަލް ދުއްވަން އިނީ އުމުރުން 25 އަހަރުގެ އަންހެނެއް
އޭނާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮވޭ
އަންހެން މީހާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޚަމްތަކެއް ލިބިފައިވޭ

މާލެ ސިނަމާލެ ބްރިޖު ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަންހެނަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ބްރިޖް ހައިވޭގައި މަސައްކަތެއް ކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށާއި، އޭނާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ފުލުހުން ވިދާޅުވީ، އެ އަންހެން މީހާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށާއި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓްގެ މަޢުލޫމާތު ލިބިފައި ވަނީ އާދިއްތަ ދުވަހު މެންދުރު 13:35 ހާއިރު ކަމަށާއި އެ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

- ކޮމެންޓް
1 ނޮވެންބަރ 2020 | އާދީއްތަ 15:47
ޟަޒް
ޙޭ ބަލިވެފަތަ.