ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 11:45
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން
ފްރާންސް 24
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރެހުން
މެކްރޯންގެ ބަސްމަގު ބަދަލުވެ، މުސްލިމުންނަށް ކުރެވޭ އިހްސާސްތައް ދެނެވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެ
 
ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕެއިންތައް ދަނީ ކުރަމުން
 
ކާޓޫންގެ މައްސަލާގައި މެކްރޯން ދެއްކި ވާހަކަތަކަށް ފާޑުކިޔުން ވަނީ އަމާޒުވެފައި

ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓުން ކުރެހުމަކީ މުސްލިމުންނަށް އޭގެ އަސަރުކުރާ ކަމެއް ކަމަށާއި، ނަމަވެސް ހަރުކަށި ފިކުރުގެ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ އަށް ނިކުންނަނީ އެ މީހުންނަކީ ހުރިހާ އެންމެންނަށް އޮތް ނުރައްކަލަކަށް ވާތީ ކަމަށް، ރަސޫލާގެ ކާޓުން ކުރެހި މީހުން ދިފާއުކޮށް އިސްލާމްދީނަށް ފާޑު ވިދާޅުވި ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ކާޓުން ކުރެހި މައްސަލާގައި މުސްލިމް ގައުމުތަކާއި ފްރާންސްއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މެކްރޯން ވިދާޅުވީ، ކީރި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓުން ކުރެހުމުން މުސްލިމުންނަށް ކުރެވޭ އިހްސާސްތައް ދެނެވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭ އެކަން. އެކަމަށް އިހްތިރާމްވެސް ކުރަން. އެކަމަކު އަޅުގަނޑު އަދާކުރަން ޖެހޭ ދެ ރޯލެއް. އެއީ ސުލްހަމަސްލަސް ގާއިމްކުރުން. އަދި މީހުންގެ ހައްގުތައް ރައްކާތެރި ކުރުން''
އެމަނުއަލް މެކްރޯން - ފްރާންސްގެ ރައީސް

ކީރިތި ރަސޫލާގެ ކާޓުން ކުރެހުމަކީ ފްރާންސުން ފަށައިގަނެގެން އުޅޭ ކަމެއް ކަމަށް ބުނާ ބުނުމަށް މެކްރޯން ވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކާޓުން ކުރެހުމަކީ ފްރާންސް ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި، އެކަން ކުރަނީ އަމިއްލަ މިނިވަން ނޫސްތަކުން ކަމަށެވެ.

މިއަދުގެ ދުނިޔޭގައި އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ އެތައް ބަޔަކު ގަތުލުއާއްމު ހިންގަމުންދާ ކަމަށާއި، ހަރުކަށި ފިކުރަށް ޖާގަ ދިނުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ޔޫރަޕުން އޮތީ މުސްލިމް ގައުމުތަކާއި ގުޅިގެން ދީނުގައި ދިމާވާ މައްސަލަތަކަށް މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

މުސްލިމުންނަށް ކުރެވޭ އިހްސާސްތައް އެނގިވަޑައިގަންނަވާ ކަމަށް ފްރާންސުގެ ރައީސް ވިދާޅުވެފައިމިވަނީ، މުސްލިމް ގައުމުތަކުގެ ފިއްތުން އިންތިހާ އަށް އިތުރުވެ ފްރާންސުން އުފައްދާ ތަކެތި ބޮއިކޮޓް ކުރުމަށް ގޮވާލާ މުސްލިމުން މުޒާހަރާތައް ފަށާފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
20%
0%
80%
0%
0%
ކޮމެންޓް
2 ނޮވެންބަރ 2020 | ހޯމަ 20:45
މެކްރޯންރ
ރާއްޖެ ތީ މުސްލިމް ޤައުމެއްތަ
2 ނޮވެންބަރ 2020 | ހޯމަ 19:32
ާއަހުމަދު.ޖ
ކޮން އެމަނިކުފާނަށް... އެ މައްލޫނު ޖަހާާ
1 ނޮވެންބަރ 2020 | އާދީއްތަ 23:54
އަގްމަދު
ލިޔުން ވަރަށް ފެންވަރު ދަށް، ކޮން އެމަނިކުފާނެއް
1 ނޮވެންބަރ 2020 | އާދީއްތަ 19:51
ކޮންމެކްރޯނެއްތަ؟ ޔޫރަޕަކީ ފްރާންސެއްނޫން. ޔޫރަޕްގެނަމުގަ ވާހަކަދައްކަން ބަޔަކު ހަމަޖެހިފަތިބޭ. ނިއުޒީލޭންޑްގެ މިސްކިތަކަށްވަދެ އެތާނގަ އަޅުކަންކުރަންތިބި މީހުނަށް ހަމާދީ މަރާލީ ހަރުކަށިމުސްލިމުންތަ؟ އެއީވެސް މިނިވަންކަންތަ؟ ބޯހަމަޖެހޭ ވާހަކަ ދައްކަބަލަ. ރައީސްކަމެއްލިބުނީމަ އެމީހާގެ އަޅުންތަ ދެންތިބެނީ. ހިތުހުރިގޮތެއްހަދަން.