ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 09:58
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން
ބީޑީނިއުސް24
ޕާކިސްތާނުގެ ނޫސްވެރިޔަކު ވަގަށްނެގުން
ޖިއޯ ނޫހުގެ ނޫސްވެރިޔާ ގެއްލުނު މައްސަލަ ބަލަން އިމްރާން ހާން އެކުލަވާލި ކޮމިޓީ ބަލައެއް ނުގަތް!
 
ޕާކިސްތާނުގެ ނޫސްވެރިންނަށް ލިބޭ އިންޒާރުތައް ވަނީ ގިނަވެފައި
 
ނޫސްވެރިޔާ ވަގަށްނެގި މައްސަލަ ބަލައިދޭން ވަނީ އެދިފައި

ޕާކިސްތާނު ޖިއޯ ނޫހުގެ ނޫސްވެރިޔަކު ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން އުފެއްދެވި ޓީމް ބަލައި ނުގަންނަން އެ ގައުމުގެ ދެ އިދާރާއެއްގެ އިތުރުން ނޫސްވެރިންގެ ޖަމިއްޔާއަކުން ނިންމައިފިއެވެ.

އެއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާން، ޕާކިސްތާންގެ ބާ ކައުންސިލްގެ އިތުރުން ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓުންނެވެ.

ވަގަށްނެގި ޖިއޯ ނޫހުގެ ނޫސްވެރިޔާ އަލީ އިމްރާން ސައީދުގެ މައްސަލަ ތަހުގީގު ކުރަމުންދާ ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ ވަނީ 49 ނޫސްވެރިންނާ ދެކޮޅަށް ދޮގު ތުހުމަތުތަކެއް ކޮށް ކޭސްތަކެއް ރަޖިސްޓްރީ ކޮށްފައެވެ.

ނޫސްވެރިންނަށް ލިބޭ އިންޒާރުތައް އިިތުރުވަމުން އަންނަކަން ފާހަގަކުރަމުން، ވަގަށް ނެގި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންގޮސް ދިނުމަށް ޖިއޯ ނޫހުން ވަނީ އިމްރާން ހާން އަށް ގޮވާލައްވާފައެވެ. ނޫސްވެރިޔާ ސައީދު ވަގަށްނެގީ ކެޕްޓަން ސަފްދަރް އަރަވަން ހައްޔަރުކުރި ދުވަހުގެ ވީޑިއޯ ފޫޓެޖެއް ނެގިތާ މާގިނަ އިރުތަކެއް ނުވާނީސްއެވެ.

22 ގަޑީއިރަށް ފަހު ވަގަށްނެގި ނޫސްވެރިޔާ ކަރާޗިގައި ހުންނަ އޭނާގެ މަންމަގެ ގެއަށް ގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ. އޭނާ ގެއްލުނީ ހުކުރު ދުވަހު، ގެ ކައިރީގައި ހުރި ބޭކަރީއަކަށް ދިޔަތަނާއެވެ. ޕާކިސްތާނުގެ ޕީޕަލް ޕާޓީން ސިފަކުރާ ގޮތުގައި ނޫސްވެރިޔަކު ވަގަށްނެގުމަކީ ބަސް ބުނުމުގެ މިނިވަން ކަމަށް ހުރަސް އެޅުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް