ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 00:16
މާލޭ ލީގުގައި އޯގަލްސް ކުޅުނު މެޗެއްގެ ތެރެއިން
މާލޭ ލީގުގައި އޯގަލްސް ކުޅުނު މެޗެއްގެ ތެރެއިން
ރާއްޖެއެމްވީ
މާލޭ ލީގު
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
އީގަލްސް މިވަގުތު އޮތީ ތާވަލުގެ 4 ވަނައި ގައި
4 ވަނަ ދިފާއުކުރުމަށްޓަކާ ގްރީން ސްޓްރީޓް އަތުން 3 ޕޮއިންޓް މުހިންމު ވާނެ

އެސްޓީއޯ މާލެ ލީގުގައި އާދިއްތަ ދުވަހު ގްރީން ސްޓްރީޓާއި ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން އީގަލްސް ގެ ހެޑްކޯޗް އިހްސާން އަބްދުލް ގަނީ ސާންތި ބުނީ، ގްރީން ސްޓްރީޓާއި ދެކޮޅަށް ކުޅޭ މެޗުގައި ނެރޭނީ ސީދާ ސަތޭކަ ޕަސެންޓު ދިވެހި ސްކޮޑެއް ކަމަށާ، ކީޕަރު ސުޖަން ޕެރޭރާ އަކީ ބޭރު ކުޅުންތެރިއެއްގެ  ގޮތުގައި އޭނާ ނުދެކޭ ކަމަށެވެ.

އެފްއޭއެމް އަހުސްގައި ހޮނިހިރު ދުވަހު ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ސާންތި ބުނީ، ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅޭ މަޗަކީ އީގަލްސްއަށް ވަރަށް މުހިންމު މެޗެށް ކަމަށާ، ގަދަ 4 ގެ ޖާގަ ކަށަވަރު ކުރުމަށް އެ މެޗުން 3 ޕޮއިންޓް ހޯދުން މުހިންމު ކަމަށެވެ.

މެޗުގައި ބޭނުންކުރާނެ ސްކޮޑާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސާންތި ބުނީ، މެޗުގައި ބޭނުންކުރާނީ ސަތޭކަ ޕަސެންޓް ދިވެހި ސްކޮޑެއް ކަމަށެވެ. އެގޮތުން އެޓީމުގެ ކީޕަރު ކަމަށްވާ ލަންކާގެ ގައުމީ ކީޕަރު ސޫޖަން ޕެރޭރާ އަކީ މިހާރު ދިވެހި ކުޅުންތެރިއެށް ކަމަށް ސާންތި ވާނީ ފާހަގަ ކޮއްފައެވެ. އޭނާ ބުނީ ސުޖަން އަކީ އޭނާ ގަބޫލުކުރާ ގޮތުގައި ދިވެހި ކުޅުންތެރިއެއް ކަމަށާ އޭނާގެ ނަޒަރުގައި ސުޖަން އަކީ ބޭރު ކުޅުންތެރިއެއް ނޫން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ސާންތި ބުނީ މި މެޗަކީ އޭނާއަށްވެސް ވަރަށް ހާއްސަ ވެގެންދާނެ މެޗެށް ކަމަށާ، މެޗުން ކޮންމެ ނަތީޖާއެށް ނިކުތް ކަމުގައި ވިޔަސް އޭނާ އެނބުރި ގެއަށް ދާނި ހިތްހަމަ ޖެހިގެން ކަމަށެވެ. ސާންތި ބުނީ ގްރީން ސްޓްރީޓުގެ ކޯޗު ސޮބާއަށް ލިބޭ ކޮންމެ ކާމިޔާބީއެއްވެސް އޭނާ ބަލައިގަންނަނީ އުފަލާ އެކުގައި ކަމަށާ، ސޮބާ މިހާރު އެހުރި ހިސާބަށް އައުމުގައި އޭނާއަށް މުހިންމު ދައުރެއް އަދާކޮއްދެވުނު ކަމަށް ގަބޫލު ކުރާކަމަށެވެ.

ލީގުގައި ގްރީން ސްޓްރީޓް އާއި އީގަލްސް ވެސް ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފައި ވާއިރު، ގަދަ 4 އަށް އެރުމައްޓަކައި މި މެޗް ކާމިޔާބުކޮށް 3 ޕޮއިންޓް ހޯދުން ދެޓީމަށްވެސް ވަރަށް މުހިންމު ވެގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް