ކޮވިޑް19 ގެ ސަބަބުން އިޤްތިސާދަށް ނޭދެވޭ ގިނަ އަސަރުތަކެއް ކޮށްފައިވާއިރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ކުދި ވިޔަފާރިތަކަށެއެވެ. ކުދި ވިޔަފާރިތަކުގެ ތެރެއިންވެސް އެކަކު އަނެކަކާއި ދިމާވެ މުޢާމަލާތް ކުރަމުންއައި ވިޔަފާރިތަކަށް މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. އެހެންނަމަވެސް މަދު ވިޔަފާރިތަކެއް އަންނަނީ ކުރިއަރަމުންނެއެވެ. މިހާރު ކުޑަވިޔަފާރިއެއް ކަމުގައި ނުބެލުނުނަމަވެސް، އެމޭޒަން ފަދަ ވިޔަފާރިތަކުން އަންނަނީ މިފަދަ ދަނޑިވަޅެއްގައިވެސް އާމްދަނީ އިތުރުކޮށް ރަނގަޅު ވިޔަފާރިއެއް ކުރަމުންނެއެވެ. މިފަދަ ވިޔަފާރިތަކުން ދެނެގަނެވޭނެ މައިގަނޑު ބައެއް ފިލާވަޅުތައް އެބަހުއްޓެވެ.
މިފަދަ ޕެންޑަމިކްއެއްގައި ވިޔަފާއި ފުޅާކޮށް ކުރިއެރުވޭނެ ގޮތަކާއިމެދު ވިސްނާލާނަމަ، ވިސްނޭނެކަމަކީ ޓެކްނޮލަޖީ ދެނެގަނެ، ޓެކްނޮލަޖީގެ އެހީގައި މިފަދަ ޙާލަތެއްގައިވެސް ގަނެވިއްކުމާއި ޑެލިވަރީ ކުރުމަކީ ވިޔަފާއި ފުޅާކުރެވިދާނެ ގޮތެއް ކަމެވެ.
ޕެންޑަމިކްތެރޭގައި ކުރިއަރަމުން އަންނަ ވިޔަފާރިތައް އިތުރަށް ކުރިއަރުވާނީ ކިހިނެއް؟
ސްޓެޕް 1:އޮންލައިންކޮށް ވިޔަފާރި ކުރެވޭ ޕްލެޓްފޯމެއް ތަޢާރަފްކުރުން ކޮވިޑް19ގެ ސަބަބުން އޮންލައިން ވިޔަފާރިތައް ވަރަށް ބޮޑަށް ކުރިއަރައިގެން ހިނގައްޖެއެވެ. ފިހާރަތަކަށްގޮސް ވިޔަފާރި ނުކުރެވުމާއި، ފޫހިވުމުގެ ސަބަބުން، ގިނަބަޔަކު އޮންލައިން ވިޔަފާރި ކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
ހަމައެކަނި އެޕްރީލް މަހުވެސް އެމަޒެންގެ ހިއްސާ %48، އީބޭ %50 އަދި ޝޮޕިފައި %26 އިންވަނީ އިތުރުވެފައެވެ. ކޮވިޑް19ގެ އަސަރު އެންމެ ފުރަތަމަ ފާހަގަ ކުރެވުނުއިރު، ހަމައެކަނި ފެބްރުއަރީ މަހު ތެރޭގައި އީ-ކޮމާރސް މާކެޓް ވަނީ ޖުމްލަ ގޮތެއްގައި %85 މައްޗަށް އަރާފައެވެ.
ވީމާ، ރީޓެއިލް ފިހާރައަކަށް އީ-ކޮމާރސް ސައިޓެއް ހަދާނީ ކިހިނެއްތޯއެވެ؟ މިހާރު އޮންލައިން ފިހާރަ ސެޓަޕް ކުރުމަށް ވަރަށް ފަސޭހަ އެކި ކަހަލަ ޕްލެޓްފޯރމްސްތައް ހުރެއެވެ. މި އިންޑަސްޓްރީގައި އެންމެ ރަނގަޅަށް ހިންގަމުން އަންނަ ބައެއް ވިޔަފާރިތަކަކީ ޝޮޕީފައި، ވޫ-ކޮމާރސް އަދި ބިގް-ކޮމާރސް ފަދަ ވިޔަފާރިތަކެވެ.
ތިރީގައި މިވަނީ މި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އޮންލައިން ސެޓަޕް ހެދޭނެ ބައެއް އިރުޝާދުތައް
ޝޮޕީފައި ސެޓަޕް ކުރުން
ވޫ ކޮމާރސް ސެޓަޕް ކުރުން
ބިގް ކޮމާރސް ސެޓަޕް ކުރުން
އެހެން ނަމަވެސް، ފުރަތަމަ ފަހަރަށް އަމިއްލައަށް އީ-ކޮމާރސް ފިހާރަ އެއް ސެޓަޕް ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ޚާއްސަކޮށް ވެބް ޑިވެލޮޕްމެންޓް ޓްކްނޮލޮޖީ އަކީ ކޯއްޗެއްކަން އެހާ ރަނގަޅަށް އެނގިފައި ނުވާނަމައެވެ.
އެކަށީގެންވާ ރަނގަޅު ވެބްސްޓޯރއެއް ހިމެނޭ ފަދަ ޕްލެޓްފޯމްއެއް ބޭނުން ކޮށްގެން އީ-ކޮމާރސް ސްޓޯރެއް POS ސިސްޓަމްއަށް ސެޓަޕްކުރުމުން، އޮންލައިން ސްޓޯރެއްގައި ހިމެނެންޖެހޭ ހުރިހާ ކަމެއް ހިމެނޭ އޮންލައިން ސްޓޯރެއް ސެޓަޕްކުރެވެއެވެ. ހުރިހާ ކަމެއް އެކުލެވިގެންވާ އޮންލައިން ސޮޓޯރެއް ސެޓަޕް ކުރުމަށް ހަމައެކަނި ކަމަކީ، އިންވެންޓްރީ އެއް ނަގާފައި، އެއީ އޮންލައިންކޮށް ބޭނުންވާ ތަކެތިތޯ ބަލާލުމަށްފަހު އެފަދަ ޕްލެޓްފޯމަކަށް އެކްސެލް ޝީޓް އަޕްލޯޑް ކޮށްލުމުން އަމިއްލައަށް އޮންލައިން ސްޓޯރެއް އުފެދެއެވެ. މީގެ އިތުރުން މި ޕްލެޓްފޯމުގައި ކްލައުޑް POS ސިސްޓަމްވެސް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި އިންނަ "in-build analytics" ބޭނުން ކޮށްގެން ފިހާރައިގައި އެންމެ ގިނައިން ވިކޭ އައިޓަމްސްތައް ފެންނާނެއެވެ. މިހެންވުމުން، ޕްރޮޖެކްޓް އީ-ކޮމާރސް ސްޓޯރުގައި "ފީޗަރޑް ޕްރޮޖެކްޓް" އެއްގެ ގޮތުގައި ހިމެނޭނެއެވެ. އަދި މާރކެޓިންގ ކެމްޕެއިން ލޯންޗްކޮށްގެން ކަސްޓަމަރުންނަށް އެ ޕްރޮޑަކްޓް ހޯދަން ފަސޭހަކޮށްދެވެއެވެ.
އީ-ކޮމާރސް ސްޓޯރް ސެޓަޕް ކުރެއްވުމަށްފަހު ދެން އޮތީ ކޮންކަމެއްތޯ؟ ކަސްޓަމަރުންނަށް ތިފަރާތުގެ ސްޓޯރް ފެނޭތޯ ޔަޤީން ކޮށްލަން ޖެހޭނެއެވެ.
ސްޓެޕް 2:ތިފަރާތުގެ ސައިޓް މާރކެޓް ކޮށްގެން ކާމިޔާބު ނަތީޖާއެއް ނެރެވިދާނެ އެވެ.
އޮންލައިންކޮށް ވިޔަފާރި ކުރުމުގެ އެންމެ ބޮޑު އެއްފައިދާއަކީ އެއްފަހަރާ ކިތައްމެ ގިނަ ކަސްޓަމަރުންނަކާއިވެސް މުޢާމަލާތް ކުރެވުމެވެ. ރަނގަޅަށް މާރކެޓް ކުރެވިއްޖެނަމަ، ހީވެސްނުކުރާފަދަ ގިނަ ކަސްޓަމަރުން ލިބިގެން ދާނެއެވެ. އެހެނީ ރަނގަޅު ގޮތުގައި ބޮޑު އިންވެސްޓްމަންޓެއް މާރކެޓިންގ އަށް ހޭދަކުރެވިއްޖެނަމަ، ލިބޭ ފައިދާ ވަރަށް ބޮޑުތަނެއް އިތުރުވެގެން ދާނެއެވެ. ކޮވިޓް19 އާއި ގުޅިގެން، ޚާއްސަކޮށް އޮންލައިން ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެގެން ގޮސްފައި ވުމާއިއެކު، ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވެއެވެ.
ވީމާ، ވިޔަފާރި ފަށައިގަންނަން ނޭނގިއްޖެނަމަ، ސައިޓަށް ޓްރެފިކް އިތުރުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި، "ސާރޗް އިންޖީން އޮޕްޓިމައިޒޭޝަން" ތިފަރާތުގެ ސައިޓްގައި ބޭނުންކުރެވިދާނެ އެވެ.
މިކަންކުރާ މައިގަނޑު އެއް ބޭނުމަކީ "ގޫގަލް" ފަދަ "ސާޗިން އިންޖީން" ތައް މެދުވެރިކޮށް ވަކި ޕްރޮޑަކްޓެއް ފަސޭހައިން ފެނުމެވެ. މިސާލަކަށް ހެދުން ވިއްކާ ފިހާރައެއް ހިންގަމުންދާ ފަރާތެއްނަމަ "ގޫގަލް" ގައި ވަކި ވައްތަރެއްގެ ހެދުމެއް ލިޔެ "ސާރޗް" ކޮއްލުމުން އެފަރާތަކުން ފެންނަ ޕްރޮޑަކްޓް ތަކުގެ ތެރޭގައި ތިފަރާތުން ވިއްކާ ހެދުން ފަސޭފައިން ފެނިގެން ދެއެވެ. ތިފަރާތުން ވިއްކާ މުދާ ތަކާއި ގުޅޭ ގޮތުން، އެ މުދާތަކުގެ މުހިއްމު ކަމާއި، އެ މުދާތަކާއި ބެހޭ ގިނަ މައުލޫމާތު ތަކެއް ލިބޭނެ ފަދައިން، ދުނިޔޭގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަތަކަށް ބަލައި މަޢުލޫމާތު ހިމެނޭހެން ބްލޮގް އެއް ގައި ލިޔެ ކަސްޓަމަރުންނަށް ފެންނާނެހެން ޕޯސްޓް ކުރަމުންދިއުމަކީ ތިފަރާތުގެ ވިޔަފާރިއަށް އިތުރު ކުރިއެރުން ގެނުވާނެ ކަމެކެވެ. ހަމަ އެފަދައިން ތިފަރާތުން ވިއްކާ ވަކިވައްތަރެއްގެ މުދަލެއްގެ، އަލަށް މާރކެޓަށް ނުކުންނަ ބްރޭންޑް ތަކާއި މަޝްހޫރު ވަމުން އަންނަ ޓްރެންޑްތައްވެސް ހަމަ މިފަދައިން ކަސްޓަމަރުންނަށް ކިޔާދެމުން ދެވޭނެއެވެ. އަދި ކަސްޓަމަރުން އެފަދަ އާއު މުދާތަކަށް ހިތްޖެއްސޭނެ އެވެ.
ސޯޝަލްމީޑިއާ އަދި އެހެނިހެން ވެބްސައިޓްތަކުގައި ޕެއިޑް-އެޑްސް ހިންގުން
ސޯޝަލް މީޑިއާ އާއި ތިފަރާތުގެ ވިޔަފާރި ވީހާވެސް ބޮޑަކަށް ގުޅުވާށެއެވެ. މިގޮތުން ސޯޝަލްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ރަހްމަތްތެރިންއާއި އާއިލާގެ މީހުންގެ އެހީގައި ތިފަރާތުގެ ވިޔަފާރީގެ ހަރަކާތްތައް ގިނަ ބަޔަކަށް ފެންނާނެ ފަދައިން ފޭސްބުކް، އިންސްޓަގްރާމް ފަދަ އެޕްލިކޭޝަން ތަކުގެ ތެރެއަށް ދޫކޮށްލާށެވެ. ތިފަރާތުން ވިއްކާ މުދަލާއި ގުޅޭ ގިނަ މަޢުލޫމާތު ތަކެއް ޓްވިޓަރ އިން ޙިއްސާކުރެވޭނެއެވެ. ހަމައެހެންމެ، ޑިސްކައުންޓްތަކާއި ގިވްއަވޭސްތަކުގެ ވާހަކަތައް ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ޕްރޮމޯޓްކުރެވޭނެއެވެ.
ޕެއިޑް އެޑްސް އާންމު ގޮތެއްގައި، ތިފަރާތުގެ މުދާތައް، އެމުދަލަކާއި ގުޅޭ ނުވަތަ އެ މުދަލަށް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދައްކައިދެމެވެ. "ސާރޗް އިންޖިން އޮޕްޓިމައިޒޭޝަން" ނުހަދައި ހުއްޓާ ޕެއިޑް-އެޑްސް ބޭނުންކުރުމުން ގޫގަލް ފަދަ ސާރޗިން އިންޖިން ތަކުގައި ތިފަރާތުގެ މުދާ އެންމެ ފުރަތަމައިނުން ދައްކުވައިދެއެވެ. ފޭސްބުކް، އިންސްޓަގްރާމް ފަދަ އެޕްލިކޭޝަން ތަކުގައިވެސް މިގޮތަށް ތިފަރާތުގެ މުދާތައް އިޝްތިހާރު ކުރެވޭނެއެވެ.
މަތީގައި ބަޔާން ކުރެވުނު ކަންކަމަށްބަލާއިރު، އޮންލައިން ސްޓޯރެއް ނުވަތަ ޗެނަލްއެއް ތިފަރާތުގެ ވިޔަފާރިއަށް ހާއްސަކޮށް ބިނާކުރުމަކީ ވަރަށް ގިނަ މަސައްކަތްތަކެއް އެކުލެވޭ ކަމެކެވެ. މިހެންވިއަސް، މިކަމަކީ މިކަން ކޮށްފިނަމަ ތިފަރާތުގެ ވިޔަފާރި އިތުރަށް ކުރިއަރައިގެންދާނެ ކަމެއްކަން ޔަގީނެއެވެ.
ކޮވިޑް19ގެ ސަބަބުން އޮންލައިން ވިޔަފާރިތައް މިވަނީ ވަރަށް ބޮޑަށް ކުރި އަރައިގެން ގޮސްފައެވެ. އެހެންކަމުން އޮންލައިންކޮށް ވިޔަފާރި ފުޅާ ކުރުމަށް މަސައްކަތް ނުކޮށް ތިބުމަކީ ކުރެވޭ މޮޔަ ކަމަކަށްވެސް ވެދާނެއެވެ. ކޮންމެ ވިޔަފާރި އެއްވެސް ކުރި އަރަނީ އެވަގުތަކަށް އެންމެ ބޭނުންވާނެ ފަދައިން ވިޔަފާރި ތަރަށްގީކޮށްގެންނެވެ. ވިޔަފާރި އަކަށް ފައިދާވަނީ އެ ވިޔަފާރިއެއް ހިންގުމަށް ކުރެވޭ މަސައްކަތަކުންނެއެވެ.
މި ވަގުތަކާއި ގުޅޭ އެންމެ ރަނގަޅު ފިޔަވަޅުތައް އަޅައި ވިޔަފާރި ކުރިއެރުވުމަށް އިތުރު މަސައްކަތްތަކެއް ކުރެވިއްޖެނަމަ، ކޮވިޑް19ގެ ކުރިންވެސް ނުވާވަރަށް ފައިދާވެގެން ދިއުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެއެވެ.