ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 12:52
ކާށީދޫގައި ހުންނަ ޕްރައިމް ފާޓިލައިޒާސްގެ ނާރސަރީ
ކާށީދޫގައި ހުންނަ ޕްރައިމް ފާޓިލައިޒާސްގެ ނާރސަރީ
ރާއްޖެއެމްވީ
ޕްރައިމް ފާޓިލައިޒާސްއިން ހޮޓްލައިންއެއް ތަޢާރަފްކ
ޕްރައިމް ފާޓިލައިޒާސްއިން ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ދިނުމަށް ހޮޓްލައިންއެއް ތަޢާރަފްކޮށްފި
 
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން 18:00އަށް ޙިދުމަތް ލިބޭނެ
 
ހޮޓްލައިން ނަމްބަރަކީ 9701879

ދަނޑުވެރިކަމުގެ ފަންނީ އެންމެހާ މަޢުލޫމާތެއް ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިނެއް ޕްރައިމް ފާޓިލައިޒާސްއިން ތަޢާރަފްކޮށްފިއެވެ.

އެގޮތުން ހޮޓްލައިން ނަމްބަރު 9701879 ގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން 18:00 އާއި ދެމެދު ލިބޭނެކަމަށް ޕްރައިމް ފާޓިލައިޒާސްއިން ބުންޏެވެ.

ޕްރައިމް ފާޓިލައިޒާސްއިން މަޢުލޫމާތު ދޭގޮތުގައި މިފަދަ ހޮޓްލައިނެއް ޤާއިމްކުރީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ވީހާ ވެސް ލުއިފަސޭހަކޮށް ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ޕްރައިމް ފާޓިލައިޒާސްގެ ސޭލްސް އެންޑް މާރކެޓިން މެނޭޖަރ މުހައްމަދު ޒާހިދު ބުނީ ރާއްޖޭގެ ދަނޑުވެރިކަމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގަސްގަހަށް ޖެހޭ ބަލިތައް ވެސް ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ހާއްސަކޮށް މިރުސް ގަހަށް ޖެހޭ ބަލިތައް ގިނަކަން ފާހަގަކުރެވިފައިވާ އިރު މި ތަޢާރަފްކުރި ހޮޓްލައިން މެދުވެރިކޮށް ދަނޑުވެރިކަން ކުރާ ފަރާތްތަކާއި އަދި ގޭގައި ގަސް ހައްދާ ފަރާތްތަކަށްވެސް ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭނެ ކަމަށް ޒާހިދު ބުންޏެވެ.

ދަނޑުވެރިންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ގަސް ކާނާ ބޭނުން ކުރަންޖެހޭ އެންމެ ރަނގަޅު ގޮތް ގިނަ ފަރާތްތަކަށް ނޭނގުން ކަމަށާއި އަދި އެކަށީގެންވާ ރަނގަޅު މައުލޫމާތު ވެސް ގިނަ ފަރާތްތަކަށް ގަސްކާނާ ވިއްކާ ފަރާތްތަކުން ވެސް ފޯރުކޮށްދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ގިނަ ފަހަރަށް ގަސްކާނާ ބޭނުންކުރާ މީހުން ވެސް ފަރުވާތެރި ކަމާއި އެކު ރަނގަޅަށް އެ ބޭނުން ނުކުރުމުގެ ނަތީޖާ އަކީ އޭގެ ސަބަބުން ގަހަށް ދިމާވާ މައްސަލަތައް އިތުރުވެ، އެހެން ބަލިތަކަށް ވެސް މަގު ފަހިވެގެން ދިއުން ކަމަށް ޒާހިދު ބުންޏެވެ.

އެހެންކަމުން ޕްރައިމް ފާޓިލައިޒާސްގެ އެންމެ ބޮޑު ބޭނުމަކީ ދަނޑުވެރިންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކޮށްދޭނެ ބަޔަކު އަމިއްލައަށް އިސްނެގުން ކަމަށާއި ގަސް ހައްދާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ފާހަގަކުރިއެވެ.

މިއީ ޕްރައިމްއިން ހިލޭ ދޭ ޚިދުމަތަކަށްވާ އިރު، ކޮންމެ ތަނަކުން ގަސް ކާނާ ގަތް ނަމަވެސް ގަސްހައްދާ ނުވަތަ ދަނޑު ހައްދާ ފަރާތަކަށް އެ ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ޒާހިދު ބުންޏެވެ.

ޕްރައިމް ފާޓިލައިޒާސްގެ ވައިބަރ ކޮމިއުނިޓީ

އެ ފިހާރައިން ވައިބަރ މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދެމުންދާ އިރު ފޭސްބުކް ޕޭޖުން ވެސް ދަނޑުވެރިކަމާއި ގުޅުންހުރި ފަންނީ ގިނަ މައުލޫމާތު ޕްރައިމް ފާޓިލައިޒާސްއިން ދަނީ ފޯރުކޮށްދެމުންނެވެ.

ކުރިއަށް އޮތް ތަނުގައި ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކައުންސިލްތަކާއި ގުޅިގެން ރަށްރަށުގައި ވެސް ދަނޑުވެރިކަމާއި އަދި ގޭގައި ގަސް ހެއްދުމާއި ގުޅޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވަނީ ރާވާފައެވެ.

ޕްރައިމް ފާޓިލައިޒާސްއަކީ ދަނޑުވެރިކަމަށް ބޭނުންވާ ހުރިހާ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި ބާޒާރުގައި ވިއްކަމުންދާ އެއް ވިޔަފާރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ