ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 10:54
އަލްޖީރިއާގެ ރައީސް ތަބޫން
އަލްޖީރިއާގެ ރައީސް ތަބޫން
ޓްވިޓަރ
އަލްޖީރިއާގެ ރައީސް ހޮސްޕިޓަލުގައި އެޑްމިޓްކުރުން
އަލްޖީރިއާގެ ރައީސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
 
ފަރުވާ ހޯއްދަވަމުންދާ ސަބަބެއްް ހާމައެއް ނުކުރޭ

އަލްޖީރިއާގެ ރައީސް، ޢަބްދުލްމަޖީދު ތަބޫންގެ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ގޯސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެެވެ.

ތަބޫން އަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިމިވަނީ، އެމަނިކުފާނުގެ ގާތް ބޭފުޅަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަހެރިވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. އަންގާރަ ދުވަހު ޑޮކްޓަރުންގެ ލަފާގެ މަތިން އުމުރުން 75 އަހަރުގެ ތަބޫން ވަނީ ވެރިރަށުގައި ހުންނަ އަސްކަރިއްޔާގެ ހާއްސަ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަލްޖީރިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ތަބޫންގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ސަބަބެއް ނުވަތަ ކޮވިޑް-19 ޖެހިވަޑައިގަތް ކަމެއް އެމަނިކުފާނުގެ އޮފީހުން ހާމައެއް ނުކުރެއެެވެ.

ތަބޫން އަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ 20 އަހަރުވަންދެން ވެރިކަން ކުރެއްވި އަބްދުލް އަޒީޒް ބޫތުފެލިކާ ވެރިކަން ނިމުމުން އެ މަގާމާއި ހަވާލުވެވަޑައިގެން ގައުމު ހަމަ މަގަށް އެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް