ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 23:42
ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު ޢުރުދުޢާން
ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު ޢުރުދުޢާން
އަލްޖަޒީރާ
ފްރާންސްގައި މުސްލިމުންނާއި ދެކޮޅަށް ފަށާފައިވާ އޮ
ތުރުކީއިން ފްރާންސްގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރަނީ
 
އުރުދުޢާން ވަނީ ފްރާންސްގެ ރައީސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
 
ފްރާންސްއަކީ ތުރުކީން 7 ވަނަ އަށް އެންމެ ގިނަ ޕްރޮޑަކްޓްތައް އެކްސްޕޯޓް ކުރާ ގައުމު
 
ފްރާންސްއަކީ ތުރުކީވިލާތުން 10 ވަނަ އަށް އެންމެ ގިނަ ޕްރޮޑަކްޓްތައް އެތެރެކުރަމުން އަންނަ ގައުމު

މުސްލިމުންނާއި ދެކޮޅަށް ފްރާންސްއިން ގެންގުޅެމުންދާ އެޖެންޑާއަށް ފާޑުކިޔާ ތުރުކީވިލާތުން ފްރާންސްގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ރައީސް ތޮއްޔިބް އުރުދުޢާން ވިދާޅުވެއްޖެއެވެ.

އުރުދުޢާން ވަނީ ފްރާންސްގެ ރައީސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ވިދާޅުވީ ފްރާންސްގެ ރައީސް މެކްރޯންގެ ސިކުނޑީގެ ބައްޔަށް ފަރުވާކުރަން ޖެހޭ ކަމަށެވެ.

އުރުދުޢާން ވިދާޅުވީ ފްރާންސްގެ ވެރިން ތުރުކީގެ ޕްރޮޑަކްޓްތައް ނުގަތުމަށް ފާޅުގައި ގޮވާލަމުން އަންނަ ކަމަށާއި ހަމަ އެގޮތައް އެ މަނިކުފާނު ވެސް ފްރާންސްގެ ޕްރޮޑަކްޓްތައް ތުރުކީގެ ކުންފުނިތަކުން ނުގަތުމަށް ގޮވާލާ ކަމަށެވެ. އަދި ތުރުކީން އަވަސް މުސްތަގުބަލެއްގައި ފްރާންސްގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށް އުރުދުޢާން ވިދާޅުވިއެވެ.

އުރުދުޢާން މިހެން ވިދާޅުވި އިރު، ފްރާންސްއަކީ ތުރުކީވިލާތުން 10 ވަނައަށް އެންމެ ގިނަ ޕްރޮޑަކްޓްތައް އެތެރެކުރަމުން އަންނަ ގައުމެވެ. އަދި ފްރާންސްއަކީ ތުރުކީން 7 ވަނައަށް އެންމެ ގިނަ ޕްރޮޑަކްޓްތައް އެކްސްޕޯޓް ކުރާ ގައުމެވެ.

ފްރާންސްގެ ސިޓީއެއްގެ މަގެއް މަތިން މުސްލިމަކު ފްރާންސްގެ ޢައިރު މުސްލިމަކު މަރާލުމާއި އެކު، ފްރާންސުން ވަނީ މުސްލިމުންނާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ފަށައިފައެވެ. ފްރާންސްގެ ސަރުކާރުގެ އަމަލުތަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން، ހާއްސަ ކޮށް މުސްލިމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް