ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 09:23
އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް ދިނުމަށް، މޯލްޑިވިއަންގެ ކްރޫއިން ފުރުމަށް ތައްޔާރުވަނީ
އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް ދިނުމަށް، މޯލްޑިވިއަންގެ ކްރޫއިން ފުރުމަށް ތައްޔާރުވަނީ
މޯލްޑިވިއަން
އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް
މޯލްޑިވިއަންގެ އެހީއާ އެކު އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް ފަށަނީ!
 
މޯލްޑިވިއަންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށްފައިވޭ
 
ޚިދުމަތް ފައްޓަވައިދެއްވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ
 
މިމަހުގެ 31 ގައި ޚިދުމަތް ފަށާނެ

ގައުމީ އެއަރލައިން މޯލްޑިވިއަންގެ އެހީތެރިކަމާ އެކު އިންޑިއާގައި ސީޕްލޭން ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ސީޕްލޭން ޚިދުމަތް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރު ކޮށްގެން އިންޑިއާ ގޮސްފައިވާ އިރު، މި މަހުގެ 31 ވަނަ ދުވަހު މި ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ. އިންޑިއާގެ ސީޕްލޭން ޚިދުމަތް ފައްޓަވައި ދެއްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންޑިއާގެ ފުރަތަމަ ސީޕްލޭންގެ ދަތުރު މި މަހުގެ 31 ގައި ފަށާއިރު، މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫންގެ އެހީ ހޯދާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަކީ މި ދާއިރާގައި އެންމެ ކާމިޔާބު އެއް ގައުމު ކަމަށް ސިފަކޮށް މޯލްޑިވިއަންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް ދޭނީ އެ ގައުމުގެ ސްޕައިސް ޖެޓް އެއާލައިނުންނެވެ. އަދި ސީޕްލޭން ދަތުރުތަކުގެ އަގު އުޅެނީ ބޮލަކަށް 4800 އިންޑިއާ ރުޕީސްގައެވެ. އިންޑިއާގެ އަޙްމަދުއާބާދުން ގުޖުރާތުގައި އޮންނަ އަވަށެއް ކަމަށްވާ ކެވަޑިއާއަށް ދަތުރުތައް ކުރުމަށް ނިންމާފައިވާ އިރު، ދުވާލަކު 8 ދަތުރު ބާއްވާނެއެވެ. ކޮންމެ ދަތުރެއްގައި 14 ފަސިންޖަރުންނަށް ޖާގަ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި