ކ. މާލެ
|
23 އޮކްޓޯބަރ 2020 | ހުކުރު 21:50
ފައިލް ފޮޓޯ: މީޑިއާނެޓުން ގިނަ ޗެނަލްތަކުގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ
ފައިލް ފޮޓޯ: މީޑިއާނެޓުން ގިނަ ޗެނަލްތަކުގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ
ރާއްޖެއެމްވީ
މީޑިއާނެޓްގެ ޚިދުމަތް މެދުކެނޑުން
މިރޭ 11:00 ހާއިރު މީޑިއާނެޓްގެ ހިދުމަތްތައް ލިބޭނެ
 
ރައްޔިތުންގެ ކިބައިން މައާފަށް އެދިފައިވޭ
 
މިރޭ 11:00 ހާއިރު ހުރިހާ ގެއަކަށް ޚިދުމަތް ލިބޭނެ
 
ޚިދުމަތަށް ބުރޫ އެރީ ކަރަންޓު ކެނޑުމާ ގުޅިގެން

މާލެސިޓީން ކަރަންޓު ކެނޑުމާއި ގުޅިގެން މީޑިއާނެޓަށް ދިމާވި މައްސަލަ މިރޭ ހައްލު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މީޑިއާ ނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަހުމަދު ނަބާހް ވިދާޅުވީ ހުކުރު ދުވަހު މާލެ ސިޓީން ކަރަންޓު ކެނޑުމާއި ގުޅިގެން މާލެ އަދި ވިލިމާލެގެ ބައެއް ގެތަކުން މީޑިއާނެޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ނަބާހް ވިދާޅުވީ ބައެއް ގެތަކަށް ޚިދުމަތް ނުލިބޭ ކަން ފާހަގަ ކުރެވުނީ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ހާއިރު ކަމަށާއި، އެ ވަގުތުން ފެށިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިރޭ 11:00 ހާއިރު ހުރިހާ ގެއަކަށް ޚިދުމަތް ލިބި، މައްސަލަ ހައްލު ކުރެވޭނެ ކަމަށް ނަބާހް ވިދާޅުވިއެވެ.

މީގެ އިތުރުން ނަބާހް ވިދާޅުވީ އިރުއިރުކޮޅާ ކަރަންޓު ކެނޑި ކުއްލިއަކަށް ކަރަންޓު އައުމާ ގުޅިގެން މީޑީއާ ނެޓްގެ ޚިދުމަތަށް ވެސް ބުރޫ އެރީ ކަމަށެވެ. އަދި އެއީ އިލެކްޓްރިކަލް ޕަވަރ ފެއިލިއަރ ކަމަށް ނަބާހް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މީޑިއާ ނެޓްއިން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
23 އޮކްޓޯބަރ 2020 | ހުކުރު 22:21
ޑިމޮކްރަޓިސްޓް
އިކްއިޕްމަންޓްތައް ހަލާކުވި އިރު އެކަމުގެ ޒިންމާވާނެ ބަޔަކުނެތް. ބިލު ނުދައްކައިފިއްޔާ ނިކަން އަވަހަށް ކަރަންޓް ކަނޑާލަން އަނނާނެ. އަވިކޮޅެއް ދޭއިރަށް ކަރަންޓް ނިލުތައް 7 ގުނަ އުފުލޭ. ފެއިލް ސަރުކާރު
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ