ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރި ވާހަކަ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ބްރޭކިންގ ނިއުސް އަކުން ހާމަކުރުމާއެކު އެވާހަކަ އިސާހިތަކު މީހުންގެ ތެރޭގައި ފެތުރިގެން ހިނގައްޖެއެވެ. އޭގައިވަނީ ހަނޑޫ އަދި ހަކުރުން 15 އިން ސައްތަ އަދި ފުށުގެ އަގުން 12 އިންސައްތަ އަގު ހެޔޮ ކުރަން ނިންމި ވާހަކައެވެ.
Breaking News.
— STO Plc (@sto_mkt) April 20, 2017
STO reduces Rice and Sugar price by 15% and Wheat Flour by 12% effective from 23rd April 2017. #happeningnow pic.twitter.com/koovL2yM3M
އެއާއެކު ދެން ފަތުރަންފެށި ވާހަކަ އަކީ ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރީ ރައީސް ޔާމީންގެ އިސް ނެންގުވުމަށް ކަމަށެވެ.
އެއާއެކު ޝުކުރިއްޔާ ރައީސް، ޝުކުރިއްޔާ ރައީސް ކިޔާ ސަރުކާރަށް ވައި އެޅުވުމުގެ އޮއިވަރެއް ހިނގައިގަތްތައް ފެނުނެވެ.
ބުރާސްފަތި ދުވަހު އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި 23 އޭޕްރީލް އިން ފެށިގެން ހެޔޮ ކުރި ކަމަށްވެސް އިއުލާން ކޮށްފައެވެ.
Breaking News.
— STO Plc (@sto_mkt) April 20, 2017
STO reduces Petrol price by 20 laari and Diesel price by 10 laari per litre effective from 23rd April 2017. #happeningnow pic.twitter.com/Rbd5eRgUgP
އިސާހިތަކު ޝުކުރިއްޔާ ރައީސްގެ އަޑުގެ މައްޗަށް، ހިތްހަމަ ނުޖެހުމުގެ ބަސްތައް ގަދަވާން ފަށައިފިއެވެ.
އާއްމު ރައްޔިތުންގެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި އެމީހުންގެ ހިތުގައި ހުރި ޝުއޫރުތައް ފާޅު ކުރަމުން ގެންދިޔައެވެ.
އެކަކު ބުނީ ފަސްވަމުން ފަސްވަމުންދާ އަދި މިހާރު އެކްސްޕަޔަރ ވެފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބު ދެން ބާއްވާފާނެ ކަމަށެވެ. މިއީ ވޯޓުކޮޅެއް ހޯދުމަށް ކުޅެލި ކާޑެއް ކަމަށް އާއްމުންގެ އެތައް ބަޔަކު ބުނަމުން ދިޔައެވެ.
ވާދަވެރި ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުންވެސް މިކަން މާނަ ކުރީ ވޯޓަށް ނުފޫޒް ފޯރުވަން ސަރުކާރުން ކުރި ކަމެއްގެ ގޮތުގައެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ކާޑާއި ތެލުގެ އަގު ބޮޑުކުރީ ނުހައްގުން ކަމަށެވެ. ކާޑުގެ އަގު ހެޔޮ މިކުރީ ރައްޔިތުންނަށް އޮޅުވާލާ، ވޯޓަށް ނުފޫޒް ފޯރުވަން ކަމަށެވެ.
Kaadaai theluge agu nuhaggun bodukohffa vote ah nufoozu 4ruva rayyithunnah olhuvalan heyomikurani. Rayyithun thibeyfulhunha moyaeh noon.
— Ali Zahir (alipi) (@alixahir) April 20, 2017
ސަރުކާރުގެ މީޑިއާއިން ކާޑުގެ އަގުހެޔޮ ކުރި ވާހަކަ ފަތުރަމުން ބުނެފައިވަނީ، މިއީ ރައީސްގެ ޚާއްސަ އިސް ނެންގުވުމަކަށް ކުރި ކަމެއް ކަމަށެވެ.
Update: Kaaduge baavaithakuge agu heyo kuran nimmee Raeesge khaasa issnengevumuge dhashun https://t.co/xcKQVE2Jto pic.twitter.com/z5BH0pkCfl
— News (@PSMnewsmv) April 20, 2017
އެއާއެކު އެހެން މީހަކު ބުނީ ކާޑުގެ ބާވަތްތަކަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލާ ކާޑުގެ އަގުން 100 އިން ސައްތަ މައްޗަށް ޖެއްސީ ކާކުގެ އިސްނެގުމަކަށް ހެއްޔެވެ؟
ރާއްޖެއަކީ ކާޑު އުފައްދާ ގައުމަކަށް ނުވެފައި އެތެރެ ކުރާ ކާޑުގެ އަގު ރައްޔިތުން އަތްފޯރާ ހިސާބެއްގައި ބެހެއްޓުމަށް މާޒީގައި ސަރުކާރުތަކުން ގެންދިޔައީ ކާޑަށް ސަބްސިޑީ ދެމުންނެވެ. ކާޑު ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރަމުން ގެންދިޔަ ޚަރަދު ކަނޑާލުމަށް ދެއްކި އެއް ސަބަބަކީ، ކާޑުގެ ސަބްސިޑީ ރާއްޖޭގައި އުޅޭ އެތައް ހާސް ބިދޭންސީންނަށާއި މުއްސަނދިންނަށްވެސް ލިބެމުން ދިއުމެވެ. އެކަން ހަނދުމަފުޅު ހުރި ބައެއް ބޭފުޅުންވެސް ތިއްބެވިއެވެ.
ކާޑުގެ ބާވަތްތައް ކުއްލި އަކަށް ކޮންމެވެސް މިންވަރަކަށް އަގު ހެޔޮ ކުރުމާއެކު މިހާރު ރާއްޖޭން ބޭރު މީހުން ހުސްވީތޯ އާއި މުއްސަނދިން ފަގީރުވީތޯ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ސުވާލު ކުރެއްވިއެވެ.
Kaadu agubodukuree mussandhinnaa,beyrumeehunnah noonthoa?Beyrumeehun husveethoa?Mussandhin faqeeruveethoa?kādu heyovikan BBC,CNN nukiyaatha? https://t.co/gp4GhPjf8l
— PPM Waddey (@Lawyer_Waddey) April 20, 2017
ގިނަ ބައެއްގެ ޝުއޫރު ހުރި ގޮތައް ބަލާއިރު، ކާޑުގެ އަގު ހެޔޮ ކުރުން އެ މީހުން ސިފަކުރީ ރައްޔިތުން "ގުނބޯ ހެއްދުމުގެ" ގޮތުގައެވެ.
ކުރިނބީ ކައުންސިލްގެ ރައީސް އަހްމަދު މުޖުތަބާގެ ޝުއޫރު ފާޅު ކުރައްވަމުން ވިދާޅުވީ، ހަނޑޫ ކިލޯއެއްގެ އަގު 3.98 ރުފިޔާއަށް ހުއްޓާ ބޮޑުކުރީ 7.96 ރުފިޔާއަށް ކަމަށެވެ. އަދި އަލުން އަގުހެޔޮ ކުރުމުން ހަނޑޫ ކިލޯއެއްގެ އަގު ހުންނާނީ 6.76 ރުފިޔާ އަށް ކަމަށެވެ.
Handoo kiloo eh MVR 3.98 ah liben huhtaa
— Mujey (@mujey_sh) April 21, 2017
Bodukohleema MVR 7.96
Kudakohleema MVR 6.76#GunboaHahdhany
މާނައަކީ ކުރިން ހަނޑޫ ގަތް އަގަށް ވުރެ މިހާރުވެސް 2.78 ރުފިޔާ ހަނޑުލުގެ އަގު ބޮޑު ކަމެވެ. އެހެން ކަމަށްވާއިރު ހެޔޮ ވެގެން މިއުޅެނީ ކޮން އަގެއްތޯ ކުރެވޭ ސުވާލަކަށް ސާފު ޖަވާބެއް ނުލިބުނެވެ. އެކަމަކު އެތައް ބަޔަކު އަގައް މި އައި ބަދަލު ރަނގަޅަށް ދިރާސާކޮށް ހަގީގަތުގައި ކުރިން އަގު ހުރިވަރާ ގާތައްވެސް އަގު ހެޔޮ ނުވާކަން ހާމަ ކުރަމުން ގެންދިޔައެވެ.
މުޖުތަބާ ވިދާޅުވަނީ ހަކުރު ކިލޯއެއް 4.50 ރުފިޔާއަށް ލިބެން ހުއްޓާ ބޮޑުކޮށްލީމަ 8 ރުފިޔާ އެރި ކަމަށާއި އަގުހެޔޮކުރުމުން ލިބެނީ 6.8 ރުފިޔާ ކަމަށެވެ. އަދި ފުއް ކިލޯއެއް އަގު 3.50 ރުފިޔާއަށް ލިބެން ހުއްޓާ ސަބްސިޑީ ކަނޑާލުމުން 5.96 ރުފިޔާ އެރި ކަމަށާއި އަގުހެޔޮކުރުމުން އަރަނީ 5.24 ރުފިޔާ އަށް ކ
ކަމަށެވެ.
Hakuru killo eh MVR 4.50 ah liben huhtaa
— Mujey (@mujey_sh) April 21, 2017
Bodukohleema MVR 8
Kudakohleema MVR 6.8#GunboaHahdhany
ކޮންމެ އަކަސް ކުށްލި ގޮތަކަށް ކާޑުގެ އަގަށާއި ތެލުގެ އަގައް ހެޔޮ ބަދަލެއް އައި ދަނޑިވަޅަކީ، ދުނިޔޭގެ ބާޒާރުގައި މި ތަކެތީގެ އަގު ދަށް ވެގެން އެވާހަކަ ދެކެވޭވެސް ދުވަސް ވަރަކަށް ނުވިއެވެ. އެހެން ނޫނީ އަގަށް ބަދަލު ގެންނަ ފަހަރު ފަހަރު ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުގެ ވާހަކަ އަގާ ގުޅުވައިގެން އަންނަ ތަން ފެނެއެވެ.
މީހުންގެ ވިސްނުމަކީ މިއީ ގުނބޯ ހައްދަން ކުރި ކަމެއް ކަމަށެވެ. އަދި މިއީ ވަގުތީ ގޮތުން ކުރި ކަމެއް ކަމަށާއި އިންތިޚާބު ނިމޭއިރަށް ކުރިން ހުރި ވަރަށް ނުވަތަ އެއަށްވުރެ މައްޗަށް އަގުތައް ދާނެއެވެ. ގިނަ މީހުން ބުނީ ސަރުކާރުން މި ކުޅެލީ ސިޔާސީ ކާޑެއް ކަމަށެވެ.
Do you believe staple food prices were lowered by the government to influence the local council elections?
— RaajjeTVPoll (@RaajjeTVPoll) April 20, 2017