ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 23:54
ކޯ ވޯކްސްޕޭސް ފެސިލިޓީއެއް، މިކަމުގެ ސަބަބުން ހިޔާލުބަދުލުކުރެވޭނެ ފަހި މާހައުލެއް ލިބިގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނޭ
ކޯ ވޯކްސްޕޭސް ފެސިލިޓީއެއް، މިކަމުގެ ސަބަބުން ހިޔާލުބަދުލުކުރެވޭނެ ފަހި މާހައުލެއް ލިބިގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނޭ
ކި-ހަބް.ކޮމް
ވޯކްސްޕޭސް ފެސިލިޓީ ގާއިމް ކުރުން
މާލޭގައި ކޯ ވޯކްސްޕޭސް ފެސިލިޓީއެއް ގާއިމް ކުރަނީ
މިހާރު ވަނީ ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައި
ފޯމް ލުމުގެ ސުންގަޑިއަކީ 27 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 15:00 އަށް
އަލަށް ވިޔަފާރިފަށާ ޒުވާނުންނަށް ހެޔޮ އަގެއްގައި ވިޔަފާރީގެ މަސައްކަތްތައް ކޮށްދިނުން ހިމެނޭ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން ގާއިމްކުރާ ކޯ ވޯކްސްޕޭސް ފެސިލިޓީއަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ކޯ ވޯކްސްޕޭސްއަކީ ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށާއި އަލަށް ވިޔަފާރިފަށާ ޒުވާނުންނަށް ހެޔޮ އަގެއްގައި ވިޔަފާރީގެ މަސައްކަތްތައްކޮށް، ހިޔާލުބަދުލުކުރެވޭނެ ފަހި މާހައުލެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފަރުމާކުރެވިފައި ހުންނަ ތަންތަނެވެ.

މިމަސައްކަތްތަކާއި ބެހޭ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ބުނީ އަަލަށް ފަށާ ކުދި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޔޫ.އެން.ޑީ.ޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެމާއެކު ބީ.ސީ.ސީ އިން ކޯޝެއާޑް ވޯކްސްޕޭސް ފެސިލިޓީއެއް މާލޭގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެސެންޓަރުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވުމަށް އެދޭ ކަމަށެވެ. އަދި ފޯމް ލުމުގެ ސުންގަޑިއަކީ 27 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 15:00 އެވެ.

- ކޮމެންޓް