ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 02:00
ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށް މީގެ ކުރިން ދަރުބާރުގޭގައި ބޭއްވި އެކްސްޕޯއެއްގެ ތެރެއިން
ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށް މީގެ ކުރިން ދަރުބާރުގޭގައި ބޭއްވި އެކްސްޕޯއެއްގެ ތެރެއިން
ރައީސް އޮފީސް
އެކްސްޕޯ 2020
އެކްސްޕޯ 2020 ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި
އެކްސްޕޯ ވަނީ ކޮވިޑްއާ ގުޅިގެން އަންނަ އަހަރުގެ އޮކްޓޫބަރަށް ފަސްކޮށްފައި
އެކްސްޕޯ އޮތީ ޔުނައިޓަޑް އެރެބް އެމިރޭޓްސްގައި
15 ނޮވެންބަރުގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ

އެކްސްޕޯ 2020 ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދުބާއިގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ 2020 ކޮވިޑް-19 އާއި ގުޅިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކޮށްފައިވާ ކަމަށެވެ.

ހަ މަސް ދުވަހަށް ދެމިގެންދާ މި އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށް ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ވޯލްޑް އެކްސްޕޯގައި ދިވެހި އުފެއްދުންތައް ވިއްކާ، މާކެޓް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި، ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެކްސްޕޯގައި ހިމެނޭ ވޯލްޑް މާކެޓް އިނިޝިއޭޓިވްގެ ކޮމާޝަލް އޮޕަޗޫނިޓީ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށްށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހު ގެ މެންދުރު 12:00 ގެ ކުރިން[email protected]އަށް ނަމާއި ގުޅޭނެ ނަންބަރު ފޮނުވައިދިނުމަށް އެދޭ ކަމަށެވެ. އަދި ނަން ހުށަހަޅާ ފަރާތްތަކަށް މައުލޫމާތު ސެޝަން 1 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގައި މިނިސްޓްރީގެ (ބޮޑުތަކުރުފާރު މަގުގަ ހުންނަ އިމާރާތް) އޮންނާނެއެވެ.

މީގެ އިތުރުން އިއުލާންއާ އެކީގައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު 15 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން[email protected]ށް އީމެއިލް ކުރުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒު ކޮށްގެން އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތައް ކުރަމުންދާ އިރު ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ފަހި ފުރުސަތުތައް ވެސް ދަނީ ހޯދައިދެމުންނެވެ. އެގޮތުން ލޯނުގެ އެހީތެރިކަން ވެސް ފޯރުކޮށްދެއެވެ.

- ކޮމެންޓް