ކ. މާލެ
|
21 އޭޕްރިލް 2017 | ހުކުރު 18:20
ހަމަލާ ދިން ޑޯޓްމަންޑް ބަސް
ހަމަލާ ދިން ޑޯޓްމަންޑް ބަސް
ގޯލް.ކޮމް
ޓެރެރިސް ހަމަލާ
ޑޯޓްމަންޑް ބަހަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި
ޑޯޓްމަންޑް ވަނީ ޗެމްޕިއަންސް ލީގުން ކަޓާފައި
ޑިފެންޑަރު ބާޓްރާ އަށް ވަނީ ޒަހަމްވެފައި
ޗެމްޕިއަންސް ލީގުން ވަކިވާން ޑޯޓްމަންޑް ވިސްނާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މޮނާކޯއާ ދެކޮޅަށް ކުޅުމަށް ބްރޯޝިއާ ޑޯޓްމަންޑް އެޓީމުގެ ސްޓޭޑިއަމް އަށް ދަތުރުކުރަމުން ދަނިކޮށް އެޓީމު ދަތުރުކުރަމުންދިޔަ ބަހަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހު 11 ވަނަ ދުވަހު ޑޯޓްމަންޑް ބަހަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު 28 އަހަރުގެ ފިރިހެނެއް ކަމަށް ޖަރުމަނުގެ ކަމާބެހޭފަރާތްތަކުން ބުނެއެވެ.

ޑޯޓަމްންޑް ބަހަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑަށް އަނިޔާވީ އެޓީމުގެ ޑިފެންޑަރު މާކް ބާޓްރާ އަށެވެ. އެގޮތުން އޭނާ އަށް ޒަހަމްތަކަށް ފަރުވާހޯދި ކުޅުމުގެ ތެރެއަށް މުޅިން އެއްކޮށް ފިޓްވެގެން ނިކުމެވޭނީ ތިން ހަފްތާ ތެރޭގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަރުމަންގެ ޗީފް ޕްރޮސެކިޓާ އިން ނެރުނު ބަޔާނެއްގައި ބުނީ ޑޯޓްމަންޑް ބަހަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހާ އަށް ގަސްތުގައި މީހަކު މަރާލިކަމުގެ އުފުލާފައިވާ ކަމަށެވެ.

ޑޯޓްމަންޑް ބަހަށް ދިން ހަމަލާއާ އެކު އެޓީމު ވަނީ ޗެމްޕިއަންސް ލީގުން ވަކިވާންވެސް ވިސްނާފައެވެ. މީގެއިތުރުން އެޓީމުން ވަނީ ބަހަށް ހަމަލާދިންތާ 24 ގަޑިއިރު ތެރޭގައި މެޗު ކުޅެންޖެހުމުން އެކަމާވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ސެމީއަށް ނުގޮސް ޑޯޓްމަންޑް ވަނީ މޮނާކޯ އަތުން ބަލިވެ ކަޓާފައެވެ. ޑޯޓްމަންޑް ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮނާކޯ އަތުން 2-3 ގެ ނަތީޖާއިން ބަލިވެފައިވާއިރު، މޮނާކޯ ދަނޑުގައި ކުޅުނު މެޗުން އެޓީމު ބަލިވެފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް