ކ. މާލެ
|
17 އޮކްޓޯބަރ 2020 | ހޮނިހިރު 22:27
ޝެޑިއުލް ޗާޓަރު ފްލައިޓް ކޮވިޑްއާއި ގުޅިގެން ކުރިންބާއްވަމުން އައީ ހަފުތާއަކު ދެ ދުވަހު
ޝެޑިއުލް ޗާޓަރު ފްލައިޓް ކޮވިޑްއާއި ގުޅިގެން ކުރިންބާއްވަމުން އައީ ހަފުތާއަކު ދެ ދުވަހު
ޓްވިޓަރ
އެއިރޯފްލޮޓްގެ ދަތުރުތައް އިތުރު ކުރުން
އެއިރޯފްލޮޓްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށްފި
 
މިހާރު ހަފުތާއަކު ހަތަރު ފްލައިޓް ރަޝިއާގެ ވެރިރަށް މޮސްކޯއިން ރާއްޖެއަށް އޮންނާނެ

އެއިރޯފްލޮޓްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށްފިއެވެ.

މިކަން ހާމަކޮށް އެއިރޯފްލޮޓްއިން ކުރި އިއުލާނުގައި ބުނި ގޮތުގައި ފްލައިޓުތައް އިތުރު ކުރުމާއެކު މިހާރު ހަފުތާއަކު ހަތަރު ފްލައިޓް ރަޝިއާގެ ވެރިރަށް މޮސްކޯއިން ރާއްޖެއަށް އޮންނާނެ ކަމަށެވެ. މޮސްކޯއިން ކުރާ ޝެޑިއުލް ފްލައިޓް ކޮވިޑްއާއި ގުޅިގެން ކުރިން ބާއްވަމުން އައީ ހަފުތާއަކު ދެ ދުވަހުއެވެ.

ކޮވިޑް-19 އަށް ފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މަންޒިލް އަކީ ރަޝިޔާއެވެ. ޖުލައި މަހު ބޯޑަރު އަލުން ހުޅުވާފައި ވާއިރު ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕީސީއާރު ނެގެޓިވް ރިޒަލްޓެއް އޮންނަން ޖެހޭ ގަޑިއިރު ވަނީ 72 ގަޑިއިރުން 96 ގަޑިރަށް ބަދަލު ކޮށްފައެވެ.

މިމަހު 14 ވަނަ ދުވަހު ގެނައި މި ބަދަލާއެކު ފްލައިޓުތަކުގެ ފްރިކްއެންސީ ދަނީ އިތުރު ވަމުންނެވެ. މިހާތަނަށް އެމިރޭޓްސްއިން ރާއްޖެއަށް ބާއްވާ ފްލައިޓުގެ އަދަދު އިތުރު ކޮށްފައި ވާއިރު ހޮނިހިރު ދުވަހު ވަނީ ބްރިޓިޝް އެއާރވެސްގެ ދަތުރުތައް ވެސް އަލުން ފަށާފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 22،000 އެއްހާ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. މިއީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން ދަށް އަދަދެކެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީ އިން ކެނޑިނޭޅި އަންނަނީ ގިނަ ޓުއަރިސްޓުން ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ބޯޑަރު ހުޅުވާލި ފަހުން ދުވާލަކަށް 500 މީހުންގެ ނިސްބަތުން ޓުއަރިސްޓުން އަންނަ ކަމަށް ޓޫރިޒަމް މިނސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އިތުރު ކުރެވިގެންދާ މި ފްލައިޓް ޝެޑިއުލްތަކާ އެކު ގިނަ ޓުއަރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި