ކ. މާލެ
|
21 އޭޕްރިލް 2017 | ހުކުރު 04:10
ދިރާގު 28 ވަނަ އަހަރީ އާއްމު ޖަލްސާ
ދިރާގު 28 ވަނަ އަހަރީ އާއްމު ޖަލްސާ
ރާއްޖެ އެމްވީ
ދިރާގު އަހަރީ އާއްމު ޖަލްސާ
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
ދިރާގަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 840 މިލިއަން ޑޮލަރުވަނީ ލިިބިފައި
އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައި
ދިރާގުން ހިއްސާގެ ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ދީފަ

ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް ޖުމްލަ 14.37ރ. ބަހަން ފާސްކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނޭޝަނަލް އާރޓް ގެލެރީގައި ބޭއްވި އެ ކުންފުނީގެ 28 ވަނަ އަހަރީ އާއްމު ޖަލްސާގައި ފާސްކުރި ގޮތުގައި ހިއްސާގެ ފައިދާގެ ގޮތުގައި މިފަހަރު ޖުމުލަ 1.1 ބިލިއަން ރުފިޔާ ބަހާނެ އެވެ. މި ޖަލްސާގައި ޑިރެކްޓަރުން ރިޕޯޓާއި އޮޑިޓެޓް ފައިނޭޝަލް ސްޓޭޓްމެންޓް ވަނީ ފާސްކޮށްފަ އެވެ. އަދި އެކްސްޓާނަލް އޮޑިޓް ކުންފުންޏަކަށް ކޭޕީއެމްޖީ ކުންފުނި އިތުރު ފަސް އަހަރަށް ވަނީ ހޮވާފަ އެވެ. 

އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗެއަރޕާސަން ވަނީ މިއަހަރު ދިރާގަށް ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދިރާގުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަގަޅުކޮށް،ކަސްޓަމަރުންނަށް ފަސޭހަ ހިތްހަމަޖެހޭނެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދިރާގުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު 2016 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. 2015 ވަނަ އަހަރު މި އަދަދު އުޅެނީ 2.2 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.

އެކުންފުނީގެ ސާފު ފައިސާ 2016 ވަނަ އަހަރު 840 މިލިއަން ރުފިޔާގައި ހުރި އިރު 2015 ވަނަ އަހަރު އެދަދު އުޅެނީ 725 މިލިއަން ރުފިޔާގަ އެވެ. މިއީ ގާތްގަނޑަކަށް 16 ޕަސެންޓްގެ ކުރިއެރުމެކެވެ.

ދިރާގުގެ އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވެފައިވަނީ އެ ކުންފުނީގެ 33 ހިއްސާދާރުންނެވެ. 

- ކޮމެންޓް