ކ. މާލެ
|
15 އޮކްޓޯބަރ 2020 | ބުރާސްފަތި 08:44
ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު
ފެހެންދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ
މި މަޝްރޫޢު އަކީ 49.66 މިލިއަން ރުފިޔާގެ މަޝްރޫއެއް
މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ގައި

ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ 31 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ.

މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ މި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުން ކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުން ކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއް ގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އަދި މަގުބައްތި އާއި ނެރު ބައްތި ހަރު ކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލު ކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އަކީ 49.66 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ.

- ކޮމެންޓް