ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 16:51
ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވާ ދެ މީހުން
ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވާ ދެ މީހުން
ޕޮލިސް
ދެ މީހަކު ހޯދުމަށް އިއުލާންކުރުން
އޮޅުވާލައިގެން 3 ގޯއްޗެއް މޯގޭޖް ކުރުމަށްފަހު، އަމިއްލަ ބޭނުމުގައި ލޯނެއް ނެގި މައްސަލާގައި ދެ މީހަކު ހޯދަނީ
މި މީހުން ހާޒިރުވުމަށް އަންގާފައިވަނީ 2020 އޮކްޓޯބަރު 18 ވަނަ ދުވަހުގެ 10:00 އަށް

ޅުވާލައިގެން 3 ގޯއްޗެއް މޯގޭޖް ކުރުމަށްފަހު، އަމިއްލަ ބޭނުމުގައި ލޯނެއް ނެގި މައްސަލާގައި ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިކޮނޮމިކް ކްރަައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ފުލުހުން ޢަމަލު ކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ. އެ ދެ މީހުންނަކީ، ކ. މާލެ/ ދަފްތަރު ނަންބަރު 6562، ހުސައިން ރަޝީދު (50އ) އަދި ކ. މާލެ/ ދަފްތަރު ނަންބަރު 6630، އާމިނަތު ލަޠީފާ (48އ) އެވެ.

ފުލުހުން ބުނީ މި ދެ މީހުން ހާޒިރުކުރަނީ މާލެއިން ދެ ގޯއްޗަކާއި ވިލިމާލެއިން ގޯއްޗެއް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށްފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

މި މީހުން ހާޒިރުވުމަށް އަންގާފައިވަނީ 2020 އޮކްޓޯބަރު 18 ވަނަ ދުވަހުގެ 10:00 އަށެވެ.

- ކޮމެންޓް