ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 22:38
ކޮވިޑް-19 ރެންޑަމް ސާމްޕަލިންގ ނަގަމުން ދަނިކޮށް
ކޮވިޑް-19 ރެންޑަމް ސާމްޕަލިންގ ނަގަމުން ދަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ކޭސްތަކުގެ އަދަދު ދަށަށް، މިއަދު ޕޮޒިޓިވްވީ 35 މީހުން
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 1،282 މީހުން ކޮވިޑަށް ޓެސްޓު ކުރި
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 8 ބިދޭސީން

ކޮވިޑް-19 އަށް ރާއްޖެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ 35 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ހަމައެކަނި މާލެއިންނެވެ. މިފަހަކަށް އައިސް މާލޭގެ އިތުރުން ރިސޯޓްތަކުން ވެސް ކޮވިޑަށް މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 8 ބިދޭސީން ކަމަށެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި 59 މީހުން ވަނީ ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 10،894 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް 1،110 ކޭސް ރިޕޯޓް ކުރެވިފައިވެއެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 1،282 މީހުން ކޮވިޑަށް ޓެސްޓު ކުރެވިފައިވާ ކަމަށެވެ.

- ކޮމެންޓް