ހެޕީ މާކެޓްގެ އެންމެ ބޮޑު ޝޯ ރޫމް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ހައިވަކަރު މަގުގައި ހޮނިހިރު ދުވަހު ހުޅުވިގެންދިޔަ މި އެކްސްޕީރިއަންސް ސެންޓަރ ހުޅުއްވައިދެއްވީ އެކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި މުވައްޒެފެއް ކަމަށްވާ އަލީ ދީދީ އެވެ.
މި ސެންޓަރާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހެޕީމާކެޓްގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ މިއީ ރާއްޖޭގައި ހުޅުވިގެންދިޔަ އެންމެ ބޮޑު ޝޯރޫމް ކަމަށާއި އެންމެ ވައިޑް ރޭންޖްގައި ޕްރޮޑަކްޓްސް ޑިސްޕްލޭ ކުރެވިގެންދާނެ ޝޯރޫމެއް ކަމަށެވެ. މި ސެންޓަރުން ހެޕީމާކެޓުން އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަމުންދާ ހުރިހާ އައިޓަމްތަކެއް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ ކުރިއަށް އޮތް ތަނުގައި ތަފާތު އެކިއެކި ބާވަތްތަކުގެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުދީ މި ޕްރޮޑަކްޓްތައް ކައިރިން ދެކިލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި އެ ޝޯރޫމް މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ކަސްޓަމަރުންނަށް މުދާ ގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސެންޓަރ އިން ލިބެން ހުންނަ ފިނިކުރި މަހުގެ ބާވަތްތަކުގެ ތެރޭގައި، ކުުކުޅު މަސް، އަސްދޫނި މަސް، ގެރި މަސް ހިމެނެއެވެ. މީގެ އިތުރުން ގަނޑު ކުރި ތަރުކާރީގެ ބާވަތްތަކާއި، ޑްރައިޑް ޕްރޮޑަކްޓް ދަޅުކާނާ، ކުކުޅު ބިހާއި، ޗީޒް، ވިޕިން ކްރީމް ފަދަ ތަކެތި ހިމެނޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެ ކުންފުންޏަކީ ރާއްޖޭގެ ފުޑް އިންޑަސްޓްރީއަށް ހިދުމަތް ދެމުންދާތާ 30 އަކަށް އަހަރާއި ގާތްކުރަމުންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ވިއްކާ ޕްރޮޑަކްޓްތަކަކީ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކަށް ހެދުން ކަމަށެވެ. އެގޮތުން މި އަމާޒަށް ވާސިލްވުމަށް އެ ކުންފުނިން ގެންނަ ޕްރޮޑަކްޓްތަކަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކުންފުނިތަކުން ގެންނަ ޕްރޮޑަކްޓްތަކެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
ސައުތް އެމެރިކާއިން މިގެންނަނީ ފްރޯޒެން ކުކުޅު ކަހަލަ އެއްޗެހި. އެމެރިކާ ހިސާބުން އޮރެންޖް ކަހަލަ އެއްޗެހި އެބަ ގެންނަން. ހަމައެއާއި އެކު އިނގިރެސިިވިލާތު ހިސާބުން ބަޓަރކަހަލަ އެއްޗެހި. އޮސްޓްރޭލިއާ އިން އެބަ ގެންނަން މަސްކަ މި ވާބަތުގެ އެއްޗެހި. ސިންގަޕޫރުގެ ކެމިކަލް ބްރޭންޑް އެއް މި ގެންގުޅެނީ ސިންޓެކްހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން
ވަކިން ޚާއްސަކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އެ ސެންޓަރަށް ވަޑައިގެން ކައިރިން ތަކެތި ބައްލަވާލެއްވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން ކޯޕަރޭޓް ކަސްޓަމަރުންނަށް ވެސް ސެންޓަރަށް ވަޑައިގެން ޕްރޮޑަކްޓްސް އާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ރިސޯޓްތަކަށް އެތަންތަނުގެ އެގްޒެކެޓިވް ޝެފުން ނުވަތަ ޕާރޗޭސިން ޑިޕާޓްމަންޓްތަކުގެ ބޭފުޅުން މިކޮޅަށް ވަޑައިގެން އަޅުގަނޑުމެންނާއި އެކު ސިޓް ކުރައްވާ އަޅުގަނޑުމެންގެ ސޭލްސް ސްޓާފުންނާއި ބައްދަލުކޮށް އެއެއްޗިއްސަކީ ކޮން ދިމަދިމާލަކުން އަންނަ އެއްޗިހިތަކެއްތޯއާއި އެ އެއްޗިހީގެ ޚާއްސަ ކަންކަމަކީ ކޮބައިތޯ ބަލައިލެވޭނެ.ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން
އިހުސާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ މާކެޓަށް ބޭނުންވާ ކާބޯ ތަކެތި އެންމެ އަގުހެޔޮކޮށް އެންމެ ކޮލިޓީކޮށް ލިބޭނެ ގައުމުތަކާއި ކުންފިނިތައް ބަލައި ރާއްޖެ ގެނެސް އެންމެ އަގުހެޔޮކޮށް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އަދި ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގައިވެސް މިފަދަ ޝޯރޫމްތައް ހުޅުވާ، ރައްޔިތުންނަށް ފަސޭހައިން ތަކެތި ލިބި އެތަކެތި ތަޖުރިބާ ކޮށްލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.