ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 15:21
ކޮވިޑް-19އާ ގުޅިގެން އެޗްއީއޯސީން ކުރަމުންދާ މަސައްކަތްތައް ރައީސް ސޯލިހު ބައްލަވާލައްވަނީ
ކޮވިޑް-19އާ ގުޅިގެން އެޗްއީއޯސީން ކުރަމުންދާ މަސައްކަތްތައް ރައީސް ސޯލިހު ބައްލަވާލައްވަނީ
ރައީސް އޮފީސް
ވޯލްޑް މެންޓަލް ހެލްތް ޑޭ
ނަފްސާނީ މައްސަލަތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވޭ
ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ މައްސަލަތަކަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދެވޭނެ
އާންމުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ނަފްސާނީ މައްސަލަތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މެންޓަލް ހެލްތް ޑޭއެވެ. މި ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ މައްސަލަތަކަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެވިގެންދިޔަ ކަަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މަސައްކަތްތައް ކުރަނީ ރާއްޖޭގެ ސިއްހީ ނިޒާމު ދުވަހުން ދުވަހަށް ހަރުދަނާކޮށް، ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ މައްސަލަތަކަށް ފަސޭހައިން އާންމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ މުޅި ރާއްޖެއަށް ނަފްސާނީ މައްސަލަތަކުގެ ފަރުވާގެ ޚިދުމަތް ފުޅާ ކުރާނެ ކަަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި އެކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެ ފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ ގޮތް މި ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ މައްސަލަތައް ތިންގުނައަށް ރާއްޖޭގައި އިތުރުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

- ކޮމެންޓް