ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 14:32
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު، ރިސޯޓުތަކާއި ގެސްޓްހައުސްތައް އިތުރުވުމުން ސީޕްލޭން ދަތުރުތަކުން ފައިދާވާނެ ކަމަށް ގައިސް ވިދާޅުވެފައިވޭ
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު، ރިސޯޓުތަކާއި ގެސްޓްހައުސްތައް އިތުރުވުމުން ސީޕްލޭން ދަތުރުތަކުން ފައިދާވާނެ ކަމަށް ގައިސް ވިދާޅުވެފައިވޭ
އަމްނާ އިމާދު
އައްޑޫ-ހުވަދޫ ސީޕްލޭން ދަތުރުތައް
މިހާރު ގެއްލުންވިޔަސް، އައްޑޫ-ހުވަދޫ ސީޕްލޭން ދަތުރުތަކުން ފައިދާވާނެ: ގައިސް
2016 ވަނަ އަހަރު ޓީއެމްއާއެކު ފެށި ސީޕްލޭން އޮޕަރޭޝަން ވެސް ފީސަބަލްއެއް ނޫން
އިތުރު ރިސޯޓުތައް ތަރައްގީ ކުރެވި ހުޅުވިގެންދާނެ
އިންޓަރނޭޝަނަލް ޝެޑިއުލް ފްލައިޓްތައް އެޅުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދޭ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށި ނަމަވެސް ޝޯޓް ޓަރމްގައި ގެއްލުންވާނެ ކަމަށް ގަބޫލުކުރާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގައިިސް ވިދާޅުވީ 2016 ވަނަ އަހަރު ޓީއެމްއާއެކު ފެށި އެއްބަސްވުމުގެ ދަށުން ފެށި ސީޕްލޭން އޮޕަރޭޝަން ފެށި ނަމަވެސް ފީސިބަލް ނޫން ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ނާކާމިޔާބުވި ނަމަވެސް އުންމީދު ނަގާ ނުލާ ކަމަށް ގައިސް ވިދާޅުވިއެވެ.

އޭރު އެ ސަރަހައްދުގެ ރިސޯޓުތައް މަދުކަން ފާހަގަކުރައްވައި ގައިސް ވިދާޅުވީ މިހާރު ހުވަދު އަތޮޅުގައި ދިހަ ރިސޯޓު ހުޅުވާފަ އެބައޮތް ކަމަށާއި، އިތުރު ރިސޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މޯލްޑިވިއަންއާއެކު ސީޕްލޭންގެ ދަތުރުތައް ފަށާފައިވާ އޮޕަރޭޝަންއާ ބެހޭ ގޮތުން ގައިސް ވިދާޅުވީ މިހާރު އޮތް ޕްލޭންއާ އެއްގޮތަކަށް ކަންކަން ކުރިއަށްދާނަމަ ޝޯޓުޓަރމްގައި ގެއްލުން ވީ ނަމަވެސް ލޯގްޓަރމްގައި ފައިދާވެ، ފީސަބަލްވާނެ ކަމަށެވެ. އަދި މިކަމަަށް ބޭނުންވަނީ ބެޑް ކެޕޭސިޓީ އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން ވިސްނުން މިހުރީ މޯލްޑިވިއަންއާއެކު ޚާއްސަކޮށް ދައުލަތުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏާއެކު މިދިއުމުގެ އެންމެ ބޮޑު ވިސްނުމަކީ ވެސް މިކަން ފީސަބަލް ވަންދެން ވެސް ކޮމަރޝަލް ވައިބަލް ވަންދެން ކުރިއަށް ގެންދެވޭނެ ބަޔަކާއެކު އެއްކޮށް މިކަން ކުރުން. މީގެ އެންމެ ބޮޑު ބޭނުމަކީ މިތާ ކައިރީގައި ރިސޯޓުތަކަށް ވެސް އެޔަގީންކަން ދިނުން،. މިކަންތައް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް. އޭރުން ޓުއަރ އޮޕަރޭޓަރުން ނޫނީ އެހެން ބަޔަކަށް ވެސް މިކަމުގެ އެޔަގީޏްކަން ލިބޭނީ. އެހެންވީމަ އެޔަގީންކަން އެއުންމީދާއެކު މިކަން މިކުރަނީ.
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު

އޭގެ އިތުރުން ގައިސް ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް، އިންޓަރނޭޝަނަލް ޝެޑިއުލް ފްލައިޓްތައް އެޅުމާ ބެހޭ ގޮތުން އެއަރލައިންތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ޝެޑިއުލް ފްލައިޓްތައް އިތުރުވާނެ ކަމަށެވެ. އަދި މި ޑިސެމްބަރު މަހު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝެޑިއުލް ފްލައިޓްތައް ފެށޭނެ ކަަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް